ރާއްޖޭގެ 21 ސަރަޙައްދެއްގައި ޤައުމީ ފެންވަރުގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން އޮންނާނެ

04_mdp_workers_presidents_invitation-1

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، އަންނަ ހޮނިހިރު ދުވަހު) 4 މެއި 2013) ހަވީރު 4 ޖަހާއިރު ގދ. ތިނަދޫގައި “މިނިވަން މަސައްކަތްތެރިޔާ – ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވާނެއެވެ.

ގދ. ތިނަދޫގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމަށްފަހު، އެކުއެކީ، ރާއްޖޭގެ އެހެން 20 ރަށެއްގައި މި ސިޔާސަތު އިފްތިތާޙް ކުރުން ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގދ. ތިނަދޫގެ އިތުރުން މި ސިޔާސަތު އިފްތިތާޙްކުރެވޭ ރަށްތަކަކީ، ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ށ. މިލަންދޫ، ނ. ޅޮހި، ރ. އިންނަމާދޫ، ބ. ދަރަވަންދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، އއ. ބޮޑުފޮޅުދޫ، އދ. ދަނގެތި، ވ. ފެލިދޫ، މ. ކޮޅުފުށި، ފ. ބިލެތްދޫ، ދ. މާއެނބޫދޫ، ތ. މަޑިފުށި، ލ. ފޮނަދޫ، ގއ. ކޮލަމާފުށި، ޏ. ފުއައްމުލައް، އައްޑޫ ސިޓީއިން، ފޭދޫ އަދި މާލެ ސިޓިއިން މާފަންނު އުތުރު ގައެވެ.

ގދ. ތިނަދޫގެ އިތުރުން އަނެއް 20 ރަށުގައި ގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓްރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ޕާޓީގެ ލީޑަރޝީޕުގެ ބޭފުޅުންނެވެ. މިގޮތުން ގދ. ތިނަދޫގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއެކު އަނެއް 20 ރަށުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ،

ހއ. ހޯރަފުށީގައި: ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ ޢަބްދުލްޣަފޫރު މޫސާ،
ހދ. ނެއްލައިދޫގައި: މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ އަލްއުސްތާޛް އިމްތިޔާޒް ފަހުމީ،
ށ. މިލަންދޫގައި: ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ ހާމިދު ޢަބްދުލްޣަފޫރު،
ނ. ޅޮހީގައި: ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު ރަޝީދު،
ރ. އިންނަމާދޫގައި: މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ މާރިޔާ އަޙްމަދު ދީދީ،
ބ. ދަރަވަންދޫގައި: އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ އަޙްމަދު ޢަބްދުﷲ،
ޅ. ހިންނަވަރުގައި: މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ މުޙައްމަދު ޠޯރިޤް،
ކ. ތުލުސްދޫގައި: ހުޅުމީދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރ އިލްޔާސް ލަބީބް، އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރ މުޙައްމަދު ރަޝީދު (ކުބޭ)،
އއ. ބޮޑުފޮޅަދޫގައި: މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)،
އދ. ދަނގެތީގައި: މަހިނބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރ ރުޤިއްޔާ މުޙައްމަދު،
ވ. ފެލިދޫގައި: ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙުސައިން ވަޙީދު،
މ. ކޮޅުފުށީގައި: ބިލެތްދޫ ދާއިރާގެ ރައްޔިތުންގެ މަންޖިލީހުގެ މެންބަރ އަލްއުސްތާޛް އަޙްމަދު ހަމްޒާ،
ފ. ބިލެތްދޫގައި: ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް)،
ދ. މާއެނބޫދޫގައި: މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ ޢަލީ ރިޒާ،
ތ. މަޑިފުށީގައި: އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރ ޙަސަން ލަތީފް،
ލ. ފޮނަދޫގައި: ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރ މުޙައްމަދު ޝިފާޒް،
ގއ. ކޮލަމާފުށީގައި: ދާންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ މުޙައްމަދު ރިޔާޒް،
ޏ. ފުވައްމުލަކުގައި: ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ އިވާ ޢަބްދުﷲ،
އައްޑޫސިޓީ ފޭދޫގައި: ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ ނާޒިމް ރަޝާދު،
މާލޭ ސިޓީގައި: ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ މުޙައްމަދު އަސްލަމް އެވެ.

“މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރަށްތަކަށް އެމްޑީޕީއިން ކަނޑައަޅާފައިވާ ކޯޑިނޭޓަރުންނަކީ:

ހއ. ހޯރަފުށި / ހދ. ނެއްލައިދޫ: ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު،
ށ. މިލަންދޫ، ރ. އިންނަމާދޫ / ލ. ފޮނަދޫ: މައްޗަންގޮޅި އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތަޛާ މާރިއާ އަޙްމަދް ދީދީ،
ނ. ޅޮހި ބ. ދަރަވަންދޫ / ޅ. ހިންނަވަރު: ރައީސް ނަޝިދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދް ނަސީމް
ކ. ތުލުސްދޫ: ޕްރޮވިންސް ރައީސް އިރްފާން ޒަކީ،
އއ. ބޮދުފޮޅަދޫ / އދ. ދަނގެތި / ވ. ފެލިދޫ: މުޙައްމަދު ޝަފީޤް (ޝަފީގުގެ)،
މ. ކޮޅުފުށި / ފ. ބިލެއްދޫ / ދ. މާއެނބުދޫ: ރައީސް ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިޙާބް،
ތ. މަޑިފުށި: ރައީސް ނަޝީދު ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް،
ގއ. ކޮލަމާފުށި / ގދ. ތިނަދޫ: ރައީސް ނަޝީދު ސަރުކާރުގެ ހެލްތް މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް،
ޏ. ފުއައްމުލަކު: ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިޞަލް،
އައްޑޫ ސިޓީގެ ފޭދޫ: ދިވެހިރާއްޖޭގެ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްޠަފާ ލުތްފީ އަދި
މާލެ ސިޓީގެ މާފަންނު އުތުރު: މާލެ ސިޓީގެ ރައީސް މުޙައްމަދު ރަޝީދު (ބިގޭ)އެވެ.

“މިނިވަން މަސައްކަތްތެރިޔާ – ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތި އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް މުޙައްމަދު ވަނީ ދަޢުވަތު އަރުވާފައެވެ.

04_mdp_workers_presidents_invitation-2