ތ. އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރަން ހުޅުވާލައިފި

ތ. އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން އެބޭފުޅެއްގެ އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، 09 މޭ 2013 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުމަށް ޕާޓީން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ. ފެކްސް ކުރައްވާނަމަ އެމްޑީޕީގެ މައި އިދާރާގެ ފެކްސް ނަންބަރު 3322960 އަށް، އަދި އީ-މެއިލް ކުރައްވާނަމަelections@mdp.org.mv އަށް އީ-މެއިލް ކުރެވުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ތ. އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޙާބް ކުރުމަށް ބާއްވާ މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތި ލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ މިޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 11 މޭ 2013 ވާ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީ އަކުންނެވެ. އަދި މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެޕްލިކޭޝަންފޯމް ރަސްމީ ގަޑީގައި އެމްޑީޕީންގެ މައި އިދާރާއިން ދޫކުރާނެއެވެ. އަދި މިފޯމު މިޕާޓީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

ތ. އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޙާބް ކުރުމަށް ބާއްވާ މި ބައި-އިލެކްޝަން ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ 15 ޖޫން 2013 ވާ ހޮނިހިރު ދުވަހުއެވެ.