އެމްޑީޕީގެ ޤައުމީ މުޒާހަރާ މިއަދު އޮންނާނެ

14 ޖުލައި 2010

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީ އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ މުޒާހަރާ މިއަދު ހަވީރު 4 ޖަހާއިރު ސޯޝަލް ސެންޓަރު ކުރިމަތިން ފަށާނެއެވެ.
މިމުޒާހަރާގައި ވީހާވެސް ގިނަބަޔަކު ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެޕާޓީން ބުނެއެވެ.
މި މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވުމަށް ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ރަށްރަށުން މާލެއަށް އަންނަމުންދާ ކަމަށް އެމްޑީޕީ އިން ބުނެއެވެ.