ގަލޮޅު ދެކުނު ދާއިރާގައި އެމްޑީޕީގެ ވަޢުދާ ހިނގުން – ދޮރުން ދޮރަށް ކެމްޕެއިން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ފައްޓަވައި ދެއްވާނެ އެވެ. މާދަމާ ރައީސް ނަޝީދު ފައްޓަވައިދެއްވާ މި ވައުދާ ހިނގުން ފެށޭނީ ހެނދުނު 9ން ގ. ހިލްމަން އިންނެވެ.
ރައްޔިތުންގެ އިޚްސާސްތައް ދެނެގަތުމަށާއި، ރައްޔިތުންގެ އަޑު ކައިރިން އެހުމަށް އެމްޑީޕީން ކުރަމުންދާ މަސަކައްތުގައި، މާދަމާ ވަޢުދާ ހިނގުން ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ދާއިރު، މި ދާއިރާގެ ކަންމަތީ ބައްދަލުވުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މާދަމާރޭ 9 ޖަހާއިރު ލޮނުޒިޔާރަތް މަގުގައި ގ. މެސްކޮޓް ކުރިމަތީ ގައެވެ.
2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މި ކެމްޕެއިން މަސައްކަތުގައި މީގެ ކުރިން ވަނީ މާލޭގެ 9 ދާއިރާއެއްގައި ވަޢުދާ ހިނގުން ދޮރުން ދޮރަށް ހިނގާފައެވެ.