އެމްޑީޕީގެ މެރިކަލްޗަރ ވިޔަފާރި ސިޔާސަތާއި ގުޅޭ ޑިސްކަޝަން ޕެނަލްއެއް މިރޭ އުސްފަސްގަނޑުގައި

mdp_mariculture_web_image

މި ދިޔަ ހަފްތާ ބަންދުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު އިފްތިތާޙް ކޮށްދެއްވި އެމްޑީޕީގެ މެރިކަލްޗަރ ސިޔާސަތާއިގުޅޭ މައުލޫމާތު ދިނުމުގެ ޑިސްކަޝަން ޕެނަލްއެއް ބާއްވާ ގޮތަށް އެމްޑީޕީ އޮފީހުން ހަމަޖައްސައިފިއެވެ. އެމްޑީޕީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މެރިކަލްޗަރ ވިޔަފާރިއާއި ބެހޭގޮތުން އާއްމުންނަށް މައުލޫމާތު ދިނުމަށް ބާއްވާ މި ޑިސްކަޝަން ޕެނަލް އޮންނާނީ މިރޭ އުސްފަސްގަނޑުގަނޑު ސަރަޙައްދުގައެވެ.

މި ޑިސްކަޝަން ޕެނަލްގައި އެމްޑީޕީގެ މެރިކަލްޗަރ ސިޔާސަތާއި ގުޅޭ އެކިއެކި މައުލޫމާތު ދިނުމާއި މެރިކަލްޗަރ ވިޔަފާރިއާއި އެވިޔަފާރިން ލިބޭނެ މަންފާއާއި ގުޅޭ ގޮތުން ޕެނަލްގެ ފަރާތުން އާއްމު ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރުން އޮންނާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ. އަދި މެރިކަލްޗަރ ވިޔަފާރި އާއި ގުޅޭ ގޮތުން އާއްމުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ފުރުޞަތު ހުޅުވާލާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޑިޕީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އުސްފަސްގަނޑުގައި ބާއްވާ މި ޕެނަލް ޑިސްކަޝަން ރާއްޖެޓީވީން ވަގުތުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.