އަޅުގަނޑުމެން ރައްޔިތުންގެ ހިތްތަކުގައިވާ ސުވާލަކީ، އެ ރައްޔިތުންގެ ހިތްތަކުގައިވާ އުންމީދުތައް އެއް ބުރުން ޙާޞިލްކުރެވިދާނެތޯ ކުރެވޭ ސުވާލުކަމަށާއި، މިރޭ މިތަނުން ފެންނަ މަންޒަރަކީ އެމްޑީޕީ އިން އިންތިޚާބު އެއް ބުރުން ކާމިޔުބުކޮށް ނިންމި މަންޒަރުކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

aa baareh bodu jalsa 190413 (30)

އަޅުގަނޑުމެން ރައްޔިތުންގެ ހިތްތަކުގައިވާ ސުވާލަކީ، އެ ރައްޔިތުންގެ ހިތްތަކުގައިވާ އުންމީދުތައް އެއް ބުރުން ޙާޞިލްކުރެވިދާނެތޯ ކުރެވޭ ސުވާލުކަމަށާއި، މިރޭ މިތަނުން ފެންނަ މަންޒަރަކީ އެމްޑީޕީ އިން އިންތިޚާބު އެއް ބުރުން ކާމިޔުބުކޮށް ނިންމި މަންޒަރުކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރެއްވުމުގެ ގޮތުން “އާބަރެއް” ގެ ނަމުގައި އެމްޑީޕީއިން އަލިމަސްކާނިވާ ސަރަޙައްދުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީ އާ ގުޅިވަޑައިގަތުން ސިފަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިރޭ އަޅުގަނޑުމެންނާ މި ގުޅިވަޑައިގަތީ ވަރަށް ބޮޑު އުންމީދެއްކަމަށާއި މިރޭ މި ގުޅިވަޑައިގަތީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައިވާ އެއް ބުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަޤީންކަންކަމަށެވެ. އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދުއަކީ، ހަޤީގަތުގައިވެސް ރާއްޖެ ދުށް ސިޔާސީ ފުންނާބު އުސް މުފައްކިރުންގެ ތެރެއިން އެއް ބޭފުޅާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބުކުރުމުގެ ޔަޤީންކަން އާ ކުރައްވަމުން، ރައީސް ވިދާޅުވީ ދިވެހިންނަށް މިއަދު ދެ ބުރެއް ނެތްކަމަށާއި ދިވެހިރައްޔިތުންނަށް އޮތީ އެ ރައްޔިތުންގެ އުންމީދުތައް އެއް ބުރުން ހަޤީގަތަކަށް ހެދުންކަމަށާއި އަޅުގަނޑުމެން މިރޭ ނިކުމެ މި ތިބީ އެކަން ހަޤީގަތަކަށް ހަދައިދިނުމަށްކަމަށެވެ.

އަޅުގަނޑުމެން ހުއްޓާލާނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު އިރާދަކުރެއްވިއްޔާ ފުރަތަމަ ބުރުން ކާމިޔާބުކޮށް، މި ނޮވެމްބަރު މަހުގެ އެގާރަ ވަނަ ދުވަހު އަނެއްކާވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާ ކުރައްވައިގެން ކަމަށާއި މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބުކުރާނީ ފަސޭޙަކަމާއެކީ އެއް ބުރުން ކަމަށްވެސް، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.