އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ކެމްޕެއިން އާއި ގުޅޭ ފަންނީ މަސައްކަތުބައްދަލުވުމެއް ބާއްވައިފި.

IMG_6077

IMG_6166

ލިޔުނީ: ޝަހީދާ.

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދުގެ ކެމްޕެއިން އާއި ގުޅޭ ފަންނީ މަޢުލޫމާތު ދިނުމަށް މަސައްކަތުބައްދަލުވުމެއް ) 18 އޭޕްރީލް 2013(ވީ ބުރާސްފަތި ދުވަހުގެ ރޭ ތާޖުއްދީނު ސްކޫލްގައި ބާއްވައިފިއެވެ.

އެމް.ޑީ.ޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމިޓީގެ އެމްޑީޕީ މެންބަރުންނަށް ޚާއްޞަކޮށްގެން ބޭއްވި މި މަސައްކަތުބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި މީގެ އިތުރުން މިމަސައްކަތު ބައްދަލުވުމުގައި، ރައީސް ނަޝީދު ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާ ޕާޓީގެ ލީޑާރޝިޕްގެ ބޭފުޅުންނާއި، ޓެކްނިކަލް ޓީމުގެ ބޭފުޅުންނާއި، ރައީސް ނަޝީދުގެ ކެމްޕެއިން އޭޖެންޓުންނާއި، އެމްޑީޕީގެ ބައެއް ދާއިރާތަކުގެ ބޭފުޅުންނާއި އަދި ކެމްޕެއިން އޮފީހުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.