ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް ވަޙީދުއަށް ދިން އަނިޔާވެރި ހަމަލާއަށް ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވުމަށްފަހު މާދަމާ މާލެ ވަޑައިގަންނަވާނެ.

ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަދި ޖާރނަލިސްޓް އިބްރާހީމް ވަޙީދު )އަސްވާރޑް( 22 ފެބްރުއަރީ 2013ވީ ހުކުރު ދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގުން އާރޓިފިޝަލް ބީޗް ކައިރިން ސައިކަލުގައި ވަޑައިގަންނަވަނިކޮށް ބަޔަކު މީހުން އެބޭފުޅާގެ ބޮލަށާއި މޫނަށް ދަގަނޑުބުރިއަކުން ޙަމަލާދީ، ޒަޙަމްކޮށް، ފުރާނައަށް ގެއްލުންވާވަރުގެ ބޮޑެތި އަނިޔާކޮށްފައިވުމައިއެކު ، ސްރީލަންކާއިން ފަރުވާ ހޯއްދެއްވުމަށް ފަހު މާދަމާ )19އޭޕްރީލް 2013، ހުކުރު ދުވަހު( މެންދުރުފަހު 2:30ގައި މާލެވަޑައިގަންނަވާނެއެވެ
.
ވީމާ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން އެބޭފުޅާއަށް މަރްޙަބާ ދެންނެވުމަށް މާދަމާ 2:30ހަށް 6 ނަންބަރު ފާލަން ކައިރިޔަށް ވަޑައިގަތުމަށް މި ޕާޓީއިން އެދެމެވެ.