ރައްޔިތުންގެ މަޖިލީހުގެ ރަޢީސް ޢަބުދުﷲ ޝާހިދު އެމްޑީޕީ އާއި ގުޅިވަޑައިގަތުމާޢި ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ފަރާތުން އެމަނިކުފާނަށް މަރުޙަބާ ދަންނަވަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަދި ކެޔޮދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޝާހިދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) އާ ގުޅިވަޑައިގަތުމާ ގުޅިގެން، އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން އެމަނިކުފާނަށް މަރުޙަބާ ދަންނަވަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބުދުﷲ ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ މި ޕާޓީއަށް ލިބިގެންދިއަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުން ދެކެމެވެ.
އަދި އެމަނިކުފާނުން މިޕާޓީއާ ގުޅިވަޑައިގަތުމުން، މިޕާރޓީން މެދުކެނޑުމެއްނެތި ކުރަމުން މިދާ އިސްލާޙީ މަސައްކަތަށާއި އަދި ދިވެހި ޑިމޮކްރަސީއަށްޓަކައި ކުރަމުން މިދާ މަސައްކަތަށް ލިބިގެންދާނީ ނުހަނު ބޮޑު ކުރިއެރުމެއް ކަމުގައިވެސް އަޅުގަނޑުމެން ދެކެމެވެ. އަދި އެމަނިކުފާނުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޕާރޓީގެ މެމްބަރުންގެ ރޫޙަށް ލިބިގެންދާނީ އިތުރު ހިތްވަރެއްކަން ކަށަވަރެވެ.
ވީމާ މިފުރުޞަތުގައި، އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން އޮނަރަބްލް ޢަބުދުﷲ ޝާހިދަށް ނުހަނު އިޚްލާސްތެރިކަމާއެކު މަރްޙަބާ އާއި ޝުކުރު ދަންނަވަމެވެ.