އެމް.ޑީ.ޕި ފެލިދޫ ދާއިރާ
ވ.ފުލިދޫ/ތިނަދޫ/ފެލިދޫ
ދިވެހިރާއްޖެ
ނޫސްބަޔާން
ރައްޔިތުންމަޖިލީހުގެ ރައީސް އަދި ވ.ކެޔޮދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ޑީ.ޢާރު.ޕީގެ އިސްލީޑަރެއްކަމުގައިވާ އަބުދުﷲ ޝާހިދު އެމް.ޑީ.ޕީ އާއި ގުޅިވަޑައިގަތުމީ މިއަދު ވ.އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ޙަބަރެއްގެ ގޮތުގައެވެ. އަދި ވަރަށް ކުއްލި ސިހުމެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރި މަގަށްޓަކައި
ޑީ.އާރު.ޕީ ދޫކޮށް އެމް.ޑީ.ޕީ އާއި ގުޅިވަޑައިގަތުމީ މިއަދު އެމަނިކުފާނުގެ އިޙްލާސްތެރިކަން ދިވެހިރާއްޖޭގެ ރައްޔިތުންނާއި މެދު ހުރިމިންވަރު ހާމާކޮށްދޭ ވަރަށްވަރު ގަދަ ހެއްކެކެވެ.އެމަނިކުފާނު އެމް.ޑީ.ޕީ އާއި ގުޅިވަޑައި ގަތުމުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެގިގެން މިދިޔައީ ދިވެހިރާއްޖޭގެ ރައްޔިތުންނަށްޓަކައި ހަމަ އެކަނި ކުރިމަގު އޮތްޕާޓީ އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ ކަމާއި އެޕާޓީގެ ރިޔާސީ ކެންޑީޑޭޓް އަލްފަޟިލް މުހައްމަދު ނަޝީދު ކަމެވެ. އަދި މިއީ ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ރައްޔިތުން މަޖިލީހުގެ ހުރިހާ މެންބަރުނަން އެމަނިކުފާނު ދައްކުވައި ދެއްވެވި ރީތި މިސާލެއްކަމެވެ. އެހެންކަމުން ރައްޔިތުން މަޖިލީހުގެ ހުރިހާ މެންބަރުން ވީހާވެސް އަވަހަކަށް އެމް.ޑީ.ޕީ އާއި ގުޅިވަޑައި ގަތުމަށް ފެލިދޫ ދާއިރާ އިން ގޮވާލަމެވެ.އަދި ހަމަ މިނަމޫނާއި
އެކު ވ.ފުލިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޔޫސުފު ނައީމް ވެސް ވ.އަތޮޅު ގެ ހައްޤަށްޓަކައި އަދި ދިވެހިރައްޔިތުންގެ ކުރިމަގަށްޓަކައި އަވަހަށް އެމް.ޑީ.ޕީ އާއި ގުޅިވަޑައި ގަތުމަށް ފެލިދޫ ދާއިރާއި ގޮވާލަމެވެ.
.
ރައްޔިތުން މަޖިލީހުގެ މެންބަރު އަބުދުﷲޝާހިދު އެމް.ޑީ.ޕީ އާއި ގުޅިވަޑައި ގަތުމުން އެކަމަށްޓަކައި އެމަނިކުފާނަށް ވ.އަތޮޅު ހުރިހާ ރައްޔިތުން އައްސަރިބަހާއި ސާބަސް ރައްދު ކުރަމެވެ. އަދި ހަމަ މިއާއި އެކު ވ.އަތޮޅުގެ ހުރިހާ އެމް.ޑީ.ޕީ ކައުންސިލަރުން ހިފެހެއްޓުމެނެތް ޝުކުރާއި މުބާރިކު ބާދީ އަރިސްކުރަމެވެ. މާތްﷲ އެމަނިކުފާނުގެ ސިޔާސީ ކުރިމަގަށް
އަދަށްވުރެ ފަހި މަދަމާއެއް ދައްކަވާށި އެވެ. އާމިން
18 އެޕްރީލް 2013
ބުޝްރީމުސާ
އެމް.ޑީ.ޕީ ފެލިދޫ ދާއިރާގެ ރައީސް