ނަންބަރު: MDP–PG-2013-PR-0003
ތާރީޚް:18 އޭޕްރީލް 2013
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބަލް ޢަބްދުﷲ ޝާހިދަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން މަރުޙަބާ ދެންނެވުން
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަދި ކެޔޮދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޝާހިދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އާ ގުޅިވަޑައިގަތުމާގުޅިގެން، އެމަނިކުފާނަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ނުހަނު މަރުޙަބާ ދަންނަވަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެމް.ޑީ.ޕީއާއި އަދި މި ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕާ ގުޅިވަޑައިގަތުން ޝައްކެއްނެތްގޮތުގައި ވެގެންދާނީ މިޕާރޓީއަށާއި މި ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕަށް ލިބިގެންދާ މުޅިން އާބާރަކަށެވެ.
އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޝާހިދަކީ ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައާއި ސިޔާސީ މައިދާނުގައާއި ބައިނަލް އަޤުވާމީ ގުޅުންތަކުގެ މައިދާނުގައި ނުހަނު ކުޅަދާނަ، ހުށިޔާރު، ތަޖުރިބާކާރު އަދި މަގުބޫލު ޝަހުސިއްޔަތެއްކަން ފަހުރުވެރިކަމާއެކު ފާހަގަކުރަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ސިޔާސީ ޙަޔާތްޕުޅަށް މި ޕާރޓީއާއެކު ކާމިޔާބާއި ކުރިއެރުން އެދެމެވެ.
—
ބަޔާން ނެރުނީ: އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕ