ރައީސް މުހަންމަދު ނަޝީދު ކެމްޕެއިން އާއި ގުޅޭ ފަންނީ މަޢުލޫމާތު ދެއްވާ މަސައްކަތުބައްދަލުވުމެއް ބުރާސްފަތިދުވަހުގެ ރޭ ތާޖުއްދީނުގައި

ރައީސް މުހަންމަދު ނަޝީދު ކެމްޕެއިން އާއި ގުޅޭ ފަންނީ މަޢުލޫމާތު ދެއްވާ މަސައްކަތުބައްދަލުވުމެއް 18 އޭޕްރީލް 2013 ވާ ބުރާސްފަތިދުވަހުގެ ރޭ ތާޖުއްދީނު ސްކޫލްގައި ބޭއްވުމަށް ދަނީ އިންތިޒާމްކުރެވެމުންނެވެ.

މި މަސައްކަތުބައްދަލުވުމުގައި ބައިވެރިވަޑައިގެންދެއްވުމަށް އެމް.ޑީ.ޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ އެމްޑީޕީ މެންބަރުންނަށް ޚާއްޞަކުރެވިގެން ވަނީ ދަޢުވަތުއެރުވިފައެވެ.

މި މަސައްކަތުބައްދަލުވުމަށްފަހު 19 އޭޕްރިލް 2013 ވާ ބުރާސްފަތިދަވަހުގެ ރޭ “އާބާރެއް”ގެ ނަމުގައި މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ގެ ބޮޑުޖަލްސާގައި ވެސް ކައުންސިލަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވާޑައިގަންނަވާނެއެވެ. މި ޖަލްސާ އަކީ ސިޔާސީ ޕާޓީ އެއްގެ ގޮތުގައި އެމްޑީޕީ އިން ކުރިއަށް ގެންދާ އިންޞާފުގެ ދަތުރާއި، ވަޢުދާ ހިގުމާއި ދޭތިންފަހެތީގެ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ހަލުއި ކަމާއި ވާގިވެރިކަން، އަދި އެކުވެރިކަމާއި ކުރިއެރުން ފާހަގަކުރައްވާން ބޭއްވޭ އުފާވެރި ހަފްލާއެކެވެ.
މި ޖަލްސާގައި އެމްޑީޕީގެ މެމްބަރުންނާއި ހެޔޮއެދިލައްވާ ވީހާ ގިނަ ފަރާތަކުން ބައިވެލެއްވުމަށް އެމްޑީޕީގެ ހުރިހާ ދާއިރާއަކުންނާއި، އަންހެނުންގެ ރޫހުން އަދި ޒުވާނުންގެ ހިތްވަރުގެ ހަރަކާތްތެރިން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ