ޚާއްޞަ ދެންނެވުން: އެމްޑީޕީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ބާއްވާ މަސައްކަތު ބައްދަލުވުން

އެމް.ޑީ.ޕީއަށް ނިސްބަތްވާ ކައުންސިލަރުންނަށާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ އެމްޑީޕީ މެންބަރުންނަށް ހާއްޞަކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުމަކަށް 18 އޭޕްރީލް 2013 ވާ ބުރާސްފަތި ދުވަހުގެރޭ 8:45 އަށް ތާޖުއްދީން ސްކޫލް އަށް ވަޑައިގެން ދެއްވުމަށް އެދި ދައުވަތު އަރުވަމެވެ.

އަދި ‘އާބާރެއް’ މިނަމުގައި އެމްޑީޕީގެ ފަރާތުން 19 އޭޕްރީލް 2013 ވާ ހުކުރު ދުވަހުގެރޭ 9:00 ގައި ކާނިވާ ސަރަޙައްދުގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ދައުވަތު އަރުވަމެވެ.