އެމްޑީޕީގެ “އާ ބާރެއް” ބޮޑު ޖަލްސާ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި

އެމްޑީޕީ ގެ ވަރަށް ޚާއްޞަ އަދި އުފާވެރި ބޮޑު ޖަލްސާއެއް 19 އޭޕްރިލް 2013 ވާ ހުކުރު ދުވަހުގެ ރޭ 9 އިން ފެށިގެން މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް އިންތިޒާމް ކުރެވެމުން އެބަދެއެވެ.

އެމްޑީޕީގެ އިންތިޒާމް ކޮމިޓީއިން “އާ ބާރެއް” ގެ ނަމުން ހަވާލާދެވޭ މި ޖަލްސާ އަކީ ސިޔާސީ ޕާޓީ އެއްގެ ގޮތުގައި އެމްޑީޕީ އިން ކުރިއަށް ގެންދާ އިންޞާފުގެ ދަތުރާއި، ވަޢުދާ ހިގުމާއި ދޭތިންފަހެތީގެ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ހަލުއި ކަމާއި ވާގިވެރިކަން، އަދި އެކުވެރިކަމާއި ކުރިއެރުން ފާހަގަކުރައްވާން ބޭއްވޭ ބޮޑު ޖަލްސާއެކެވެ.

މި ޖަލްސާގައި އެމްޑީޕީގެ މެމްބަރުންނާއި ހެޔޮއެދިލައްވާ ވީހާ ގިނަ ފަރާތަކުން ބައިވެލެއްވުމަށް އެމްޑީޕީގެ ހުރިހާ ދާއިރާއަކުންނާއި، އަންހެނުންގެ ރޫހުން އަދި ޒުވާނުންގެ ހިތްވަރުގެ ހަރަކާތްތެރިން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ.

އެމްޑީޕީ ގެ “އާ ބާރެއް” ބޮޑު ޖަލްސާގެ އުފާވެރި އަދި ކުލަގަދަ މިހަފްލާގައި އެމްޑީޕީ މެމްބަރުންނާއި ހެޔޮއެދިލައްވާ ފަރާތްތަކުގެ އިތުރުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުންނާއި ޗެއަރޕާސަންގެ އިދާރީ އަދި މާލީ ނައިބުންނާއި ސެކެޓްރީ ޖެނެރަލް އަދި ކޮމިޓީ ތަކުގެ މެމްބަރުންނާއި ޗެއަރޕާސަނާއި، ރިޔާސީ ކެންޑިޑޭޓް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.