އެމްޑީޕީގެ ޚަބަރު ސިޓީގެ 2009 ވަނަ އަހަރުގެ ފުރަތަމަ އަދަދަށް މަރުހަބާ:

އެމްޑީޕީ އަކީ ވެރިކަން ހިންގާ އިންތިހާދެއްގައި ހިމެނޭ ޕާޓީއަކަށް ވީ ހިނދު އަދި މިހާރު ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އަކީ މިޕާޓީގެ މެންބަރުން، މިޕާޓީގެ އެތެރޭގެ އިންތިޚާބަކުން ވަރަށް މަތީ އަގްލަބިއްޔަތަކުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އިންތިހާބުކުރި މިޕާޓީގެ އިހްތިރާމާއި ލޯބިލިބިފައިވާ މުހައްމަދު ނަޝީދަށް ވީ ހިނދު ޕާޓީއިން 2009 ވަނަ އަހަރު އަދާ ކުރަން ޖެހިފައިވާ ރޯލު ވަރަށް ތަފާތުވެގެން ހިނގައްޖެއެވެ. އަދި މިހާރަކަށް އައިސް ޕާޓީގެ މެންބަރުން ގިން ޝަކުވާތަކެއް ކުރަމުންދާއިރު މިޝަކުވާތަކުގެ އަސްލެއްކަމަށް އަޅުގަޑަށް ވިސްނެނީ މިފަދަ ބޮޑު ބަދަލެއް އައުމުން ޕާޓީގެ ދައުރަކީ އަދި މެންބަރުންގެ ދައުރަކީ ކޮބައިކަން އެއްވެސް ބަޔަކަށް މާރަގަޅަށް އޮޅުން ލފިލާފަނުވާކަމެވެ. ނަމޫނާއަކަށް ފެނިފައިވަނީ މީގެ ކުރިން މިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ އަމަލުތައް ހުރި ގޮތެވެ. ޑިމޮކްރަޓިކް ގޮތަށް ހިނގާ ރިޔާސީ ނިޒާމެއްގައި ޕާޓީ އާއި މެންބަރުންގެ ދައުރާ ގުޅޭގޮތުން މާބޮޑަށް ވިސްނާ ފިކުރުކޮށް ކިޔޭ ފާޑުކިޔންތަކެއްކަމަށް ގަބޫލުކުރަން ދައްޗެވެ.

• ކޮންމެއަކަށް ޕާޓީގެ މެންބަރޝިޕް އިތުރު ކުރުމުގެ ހަރަކާތެއް ރައީސް ނަޝީދު ވަނީ އިފްތތާހް ކޮށްދެއްވާފައެވެ. އަދި ޕާޓީގެ މެންބަރޝީޕް ދުވަހުން ދުވަހަށް އިތުރުވާކަން ފާހަގަކުރެވެއެވެ.
• ޕާޓީގެ ހަރުގޭގައި ހަފްތާއަކު 4 ރޭ ހަރަކާތަކެއް ހިންގެއެވެ. މިހަރަކާތްތައް ހިންގަން 15 ވޮލަންޓިއަރުން ނެގުނެވެ. ނަމަވެސް 2 ވޮލަންޓިއަރުން ފިޔަވާ އިތުރު ފަރާތްތަކުގެ އެއްބާރުލުން ނުލިބިގެން އަޑުތައް އިވެއެވެ.
• ޕާޓީގެ ޢާއްމު ޖަލްސާއެއް ނުބޭއްވިގެން އޭގެ ޝަކުވާ ލިބެއެވެ. އަދި އުފަލާއެކު 2009 ވަނަ އަހަރުގެ ޚަބަރުސިޓީގެ ފުރަތަމަ އަދަދު މި ބެލެވެނީ މިއަހަރުގެ ފުރަތަމަ އާއްމު ޖަލްސާ އޮންނަ ރެއެއްގައެވެ.
ޑިމޮކްރަޓިކް ނިޒާމެއް ޤާއިމުކުރެވި ވެރިކަމާ ހަވާލުވެ ރާއްޖެއާއި ދުނިޔެ އިޤްތިސާދީ ހީނަރުކަން ތަޖްރިބާކުރަމުންދާ ދުވަސްވަރެއްގައި އަޅުގަނޑުމެންނަކީ ދުރުވިސްނާ ބަޔަކަށް އެބަވާންޖެހެއެވެ. އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް އެހެންޏާވެސް އޮންނަހެން ޕާޓީގެ މެންބަރުންގެ އެއްބާރުލުމާއި އިޚްލާސްތެރި ޚިދުމަތްތަކާއި މިންނަތް މަސައްކަތާއި ނުގުޑާ ފަދަ އަޒުމު ބޭނުންވެއެވެ.
މާތްﷲ އަޅުގަނޑުމެންނަށް ހެޔޮ ރަހްމަތް ލައްވާންދޭއެވެ.