ރައީސް ނަޝީދު މެދު ހެންވޭރު ދާއިރާގެ “ދޮރުން ދޮރަށް” ހިނގުން ފައްޓަވައިދެއްވައިފި

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކުރިއަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގައި މެދު ހެންވޭރު ދާއިރާގެ “ވައުދާ ހިނގުން” ދޮރުން ދޮރަށް ހިނގުން، ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު ފައްޓަވައިދެއްވައިފިއެވެ.

މި ދާއިރާގެ “ދޮރުން ދޮރަށް” ހިނގުން ރައީސް ނަޝީދު ފައްޓަވައިދެއްވީ މިއަދު ހެނދުނު 9 ފަހުން ހ. މާދިލް ކައިރިންނެވެ.

ރައްޔިތުންގެ އިޚްސާސްތައް ދެނެގަތުމަށާއި، ރައްޔިތުންގެ އަޑު ކައިރިން އެހުމަށް އެމްޑީޕީން ކުރަމުންދާ މަސަކައްތުގައި، ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން ކުރިއަށް ދާއިރު، މި ދާއިރާގެ ކަންމަތީ ބައްދަލުވުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރު ޖަނަވަރީމަގު، މަޖީދީމަގު ކަންމަތީގައެވެ.

އެމްޑީޕީން ކުރިއަށް ގެންދާ “ވަޢުދާއި ހިނގުން” ދޮރުން ދޮރަށް ހިނގުމުގައި ރައްޔިތުންގެ ހާލު އަހުވާލު އަހާ ރައްޔިތުންގެ ބޭނުންތައް ރައްޔިތުންގެ ފަރާތުން އޮޅުންފިލުވާ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މި ކެމްޕެއިންގެ މަސައްކަތުގައި މީގެ ކުރިން ވަނީ މާލެ ސިޓީގެ ގިނަ ދާއިރާގަ ދޮރުން ދޮރަށް ހިނގާފައެވެ.