އެމްޑީޕީގެ ސަރުކާރެއްގައި ގެސްޓަހައުސްގެ ވިޔަފާރި ފެއްޓުމަށް 120 މިލިއަން ރުފިޔާގެ ހިލޭ އެހީއާއި އަދި 500 މިލިއަން ރުފިޔާގެ ލޯނުއެހީގެ ފުރުސަތު ހުޅުވާލެވޭނެ – ރައީސް ނަޝދު

dheythin fahethi l. isdhoo 070413 (4)

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިހާރު ދަތުރު މަތިގައި އުޅުއްވާ ލ. އަތޮޅުގެ އިސްދޫގައި ރޭ ބޭއްވި ‘ދޭތިން ފަހެތި” ކެމްޕއިންގެ އާއްމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގައި ގެސްޓަހައުސްގެ ވިޔަފާރި ފެއްޓުމަށް 120 މިލިއަން ރުފިޔާގެ ހިލޭ އެހީއާއި އަދި 500 މިލިއަން ރުފިޔާގެ ލޯނުއެހީގެ ފުރުސަތު ހުޅުވާލެވޭނެކަމަށެވެ.

ރާއްޖޭގެ ރަށްތަކުގައި ގެސްޓްހައުސްގެ ވިޔަފާރި ހިންގުމާބެހޭ ގޮތުން އެމަނިކުފާނުންގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވީ “އިސްދޫގެ މިއަދު މި ހުރި މިންވަރަށްވުރެ ރަގަޅު މިންވަރަކަށް ދިރިއުޅުމުގެ ކަންކަން ބަދަލު ކުރެވޭނޭ ގޮތަކަށްވުން، އަޅުގަނޑުމެން އެންމެންވެސް މި އެދެނީ ހާސްކަމުން އަރައިގަނެވި ތާހިރު އުޅުމެއް އަޅުގަނޑުމެންނަށް އުޅެވެންއޮތް ގޮތެއް ހޯދުމަށް، އާމްދަނީ އިތުރުވުމަށް، ބޯހިޔާވަހިކަމެއް ހޯދުމަށް، ވަޒީފާއެއްގެ ފުރުސަތު ލިބުމަށް، ބަލިވީމަ ބޭސް ކުރެވޭނެގޮތްވުމަށް، ދަރިންނަށް ތައުލީމް ދެވޭނެގޮތްވުމަށް، އެއްތަނުން އަނެއްތަނަށް ފަސޭހައިން ދަތުރު ކުރެވި ރީތިގޮތުގައި ދިރިއުޅެވޭނެގޮތެއް ހޯދުމަށްކަމަށެވެ.” އަޅުގަނޑުމެން އެންމެންވެސް މިއެދެނީ ތަރައްގީ ވުމަށް، އަޅުގަނޑުމެންނަކީ ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީއަކީ ތަރައްޤީގެ ޕާޓީއެއް މި ޕާޓީގެ އަބަދުވެސް އަމާޒަކީ ދިވެހިރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުމަށް މަސައްކަތްކުރުން”
ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވީ، “އަޅުގަނޑުމެން ދިރިއުޅެމުން މިއަންނަ ހާލު އަޅުގަނޑުމެން މިދެކެނީ މީ އަޅުގަނޑުމެންނަށް ޙައްގު މިންވަރު ނޫން ކަމަށެވެ. މިރާއްޖޭގެ ލިބި ހުރި ގުދްރަތީ ވަސީލަތްތަކާއި މިރާއްޖޭގެ މުއްސިދިކަމަށް ބަލާ އަޅުގަނޑުމެންގެ ރާއްޖޭގައި ދިރިއުޅެމުން އަންނަ ތިން ލައްކަ ފަންސާސްހާހެއްހާ ދިވެހީންނަށް މިއަށްވުރެ ހެޔޮ ރަގަޅު ގޮތެއް އޮތްކަމަށް ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީއާއި އަދި އެބޭފުޅާވެސް ދެކޭކަމަށެވެ. އެގޮތް ހޯދިދާނޭ ކަމަށް ހިތުގެ އަޑީން ޤަބޫލުކުރާކަމަށެވެ. ގަދައަޅާ މަސައްކަތްކުރަމުން އަބަދުވެސް މިގެންދަނީ އެ އަނެއްގޮތް އެހެންގޮތެއް އެހެންދިވެހިރާއްޖެއެއް ހޯދުމަށްޓަކައިކަމަށެވެ.”

“މިރާއްޖޭގައި ޒަމާނުއްސުރެ ފެށިގެން މަސްވެރިކަން ކުރަމުންއައީ އާމްދަނީ ހޯދާ މަސައްކަތެއްގެ ގޮތުގައިކަމަށެވެ. މިދިޔަ 40 އަހަރު އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އަދި މި ދިވެހި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓުއަރިޒަމް ވިޔަފާރިންކަމަށެވެ. ޓުއަރިޒަމްގެ ވިޔަފާރި ރާއްޖޭގައި ހިންގާފައިވަނީ މައިގަނޑު ދެ ބާވަތެއްގެ ޗުއްޓީ ވިއްކައިގެން، ފަޅު ރަށްރަށުގައި ހެދިފައި ހުންނަ ރިޒޯޓުގައި ދިރިއުޅޭ ނުވަތަ ޗުެއްޓިއަށް އަންނަ މީހުން ހޭދަ ކުރާ ޗުއްޓީގެ އެމީހުންނަށް ވިއްކައިގެންނާ އަދި ބައެއްފަހަރު ކަނޑުމަތީ އުޅަނދުފަހަރުގައި ދެވޭ ޗުއްޓީގެ ޙިދްމަތް ވިއްކައިގެން އަޅުގަނޑުމެންގެ މި ޓުއަރިޒަމްގެ ސިނާއަތު މިދިއަ 40 އަހަރު މިވަނީ ތަރައްޤީ ކޮށްފައެވެ.”
“ޓުއަރިޒަމްގެ ވިޔަފާރިއަކީ ނުހަނު ފައިދާހުރި ވިޔަފާރިއެއް މިއަދު ލިބެންހުރި ހިސާބުތަކާއި ކަމާ ބެހޭ ދިރާސާތަކުން އެގެނީ ރާއްޖޭގެ އެ ރިޒޯޓުތަކުން އަހަރެއްގެ މައްޗަށް މަދުވެގެން 3 ބިލިއަން ޑޮލަރުގެ އިންވޮއިސް ނުވަތަ ބިލް ހަދާކަމަށެވެ .އަދި 3 ބިލިއަން ޑޮލަރަކީ ރަގަޅު އަގުހުރި ވިޔަފާރިއެއްކަމަށެވެ. ދިވެހިރާއްޖޭގެ މިދެންނެވި ޓުއަރިޒަމްގެ ވިޔަފާރި ރައްޔިތުންނަށް ނުހަނު ބޮޑު ފައިދާ ކޮށްފަ އެބަހުރި އަދި މިރާއްޖޭގެ ތަރައްޤީއަށް މި ވިޔަފާރިގެ އެހީތެރިކަންވެސް އެހާމެ ބޮޑު. އަޅުގަނޑުމެނަށް ރާއްޖޭގެ ރަށްތަކަށް މިދިޔަ ދިގު 30 އަހަރުވެސް ދެވިފައިމިވާ ޙިދްމަތެއް ދެވިފައިއެވަނީ ޓުއަރިޒަމްގެ ވިޔަފާރި ކުރިއަރާ ދިޔަތިވެއެވެ. ޓުއަރިޒަމްގެ ވިޔަފާރިން އަޅުގަނޑުމެންގެރާއްޖޭގެ ރައްޔިތުންނަށް އެރައްޔިތުން އެދޭ މިންވަރަށް ނުވަތަ ރައްޔިތުންނަށް ޙައްގު މިންވަރަށް އޭގެ މަންފާއާ ފައިދާ ނުލިބޭކަމަށެވެ.”

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، “ދިވެހިރައްޔިތުންނަށް މިއަށްވުރެ މާ ރަގަޅު މިންވަރެއް ޙައްގުކަމަށް ވަކާލާތު ކުރާކަމަށެވެ.. ޓުއަރިޒަމްގެ ފައިދާ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ފޯރުކޮށްދީނުމަށްޓަކައި މި ވިޔަފާރި އަޅުގަނޑުމެންގެ މީހުން ދިރިއުޅޭ ރަށްރަށަށް ގެންނާންޖެހޭކަމަށެވެ. ގެސްޓްހައުސްގެ ވިޔަފާރި އެބަ އަޅުގަނޑުމެން ފުޅާ ކުރާންޖެހޭ. ރާއްޖެއަށް ޓުއަރިސްޓުން އަންނަނީ ރާއްޖޭގެ ގުދްރަތީ ރިތިކަމަށްޓަކައި. އަޅުގަނޑުމެންނަށް ލިބިފައިވާ މޫސުމާއި އަޅުގަނޑުމެންގެ މޫދުތަކުގެ ޗާލުކަމާ، އަޅުގަނޑުމެންގެ ގޮނޑުދޮއްތަކުގެ ހިތްގައިމުކަމާ ރުއްގަހުގެ ފެހިކަމަށްޓަކައި މި ދިވެހިރާއްޖޭގެ ރީތިކަމަށްޓަކައި. އެރީތިކަން ހުއްޓިފައި ހުރީކީ ހަމައެކަނި ރާއްޖޭގެ ފަޅުރަށްރަށުގައި އެކަންޏެއްނޫންކަމަށާއި، އެ ރީތިކަން އިސްދޫގައިވެސް އެބަހުރި، އެ ރީތިކަން ރާއްޖޭގެ ކޮންމެ ރަށެއްގައި އެމޫސުން ރާއްޖޭގެ ކޮންމެރަށެއްގައިވެސް އަބަހުރިކަމަށެވެ . އަޅުގަނޑުމެންނަށް ލިބި މިވާ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ އާއްމު ހާލަތު ރަގަޅުކުރުމަށް މަސައްކަތްކުރުން،” އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، “އެމްޑީޕީގެ ސަރުކާރުގެ އަމާޒަކީ އަޅުގަނޑުމެންގެ މަގްސަދަކީ އިރާދަކުރެއްވިއްޔާ ކުރިޔަށްއޮތް 3 އަހަރުގެ ތެރޭގައި މިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ރިޒޯޓު ނުވަތަ ގެސްޓްހައުސްގެ ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރެވޭނެ މަގުތަށް ފަހިކޮށްދިނުންކަމަށެވެ.

“ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން އިސްދޫފަދަ ރަށެއްގައި މިސާލަކަށް 15، 16 ފަރާތުން ގެސްޓްހައުސް ހިންގާނަމަ މިރަށުގެ ހުރިހާ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހަމަޖެހޭނެކަމަށެވެ. އަދި މާފުއްޓަށް ބައްލަވާލައަވާ ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް ފެންނާން އެބައޮތް މާލެ އަތޮޅު މާފުށި، މާފުއްޓަކީ 2000ހެއްހާ މީހުން ދިރިއުޅޭ ރަށެއް، އެރަށުގައި ހުރިހާ ރައްޔިތުންނަށް ހުރިހާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު މިހާރު އެވަނީ ލިބިފަކަމަށެވެ. އެ ހުރިހާ ޒުވާނިުން އުޅެމުންގެންދަނީ ވަޒީފާގަ. ކޮންމެ ގެސްޓްހައުސްއެއްގަ 8 މީހުން ވަޒީފާ އަދާކުރޭ، އަދި ކޮންމެ ތަނަކަށް ބޮޑު ދޯންޏެއްގެ ދެދޯނިގެ އާއްމުދަނީ ކޮންމެ ގެސްޓަހައުސް އަކަށް އެބަ ލިބޭ. ގެސްޓަހައުސްގެ ވިޔަފާރި ފަށައިގަތުމަކީ ފަސޭހަކަމެއްކަމުގައި ވިދާޅުވިއެވެ. އަދި. ސަރުކާރުގެ އަމާޒަކަށް ވާނީ ރަށްރަށުގައި ދިރިއުޅޭ އެންމެންނަށް އޭގެ ފައިދާކުރާނެ ގޮތަކަށް މި ވިޔަފާރި ފުޅާ ކުރަމުންގެންދިއުން” ކަމުގައި އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު އޭޕްރިލް 6ވީ ހޮނިހިރުދުވަހު ހަވީރު ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތު ލާމު ގަމުގައިއިފްތިތާޙް ކޮށްދެއްވާފައިވެއެވެ. އަދި ރާއްޖޭގެ 22 ސަރަޙައްދުގެ 20 އަތޮޅުގަ، 2 ސިޓީގަ، 22 ރަށުގަ މި ސިޔާސަތު އިފްތިތާހްކުރެވުނެވެ.