ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމް.ޑީ.ޕީގެ ސިޔާސަތު އިފްތިތާހްކޮށް ނިންމުމަށްފަހު މާލެއަށް ދަތުރުފަށައިފި

ލ. ގަން އަދި 21 އެހެން ސަރަހައްދުގައި ދިވެހިރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމް.ޑީ.ޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަށްފަހު މިއަދު ހެނދުނުން ފެށިގެން ޓީމުތައް މާލެއަށް ދަތުރުފަށައިފިއެވެ.

އިއްޔެ ހަވީރު ލ. ގަމުގަ ރައީސް މުޙަްމަދު ނަޝީދު މި ސިޔާސަތު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވި އިރު އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރުންނާއި އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ބޭފުޅުންނާއި އަދި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވަނީ ރާއްޖޭގެ އަނެއް21 ސަރަޙައްދުގައި މި ސިޔާސަތު އިފްތިތާހް ކޮށްދެއްވާފައެވެ.

ލ. ގަމުގެ އިތުރުން މި އުފާވެރި ހަފްލާ ބާއްވާފައިވާ ސަރަޙައްދު ތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޭދޫ، ނ. މަނަދޫ އަދި ވެލިދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ގުރައިދޫ، އއ. ރަސްދޫ، އއ. މަހިބަދޫ، ވ. ފުލިދޫ، މ. މުލައް، ފ. މަގޫދޫ، ދ. ރިނބިދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ފިޔޯރީ، ޏ. ފުވައްމުލައް، އައްޑޫސިޓީ އަދި
ހުޅުމާލެއެވެ.

ރަޢްޖޭގެ އެކި ސަރަހައްދުތަކުގަ ބޭއްވި މި ރަސްމިއްޔާތުގެ ލީޑަރުންނަކީ ހއ. ދިއްދޫގަ މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާ ،ހދ. ކުޅުދުއްފުށީގަ ހުޅުހެންވޭރު ދާއިރާގެ މެމްބަރ އަދި ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު، ށ. ފޭދޫގަ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރ އަލްއުސްތާޛާ މާރިއާ އަޙްމަދް ދީދީ، ނ. މަނަދޫގަ ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަޙްމަދު އީސާ، އަދި ވެލިދޫގައި ރައީސް ނަޝީދު ސަރުކާރުގެ ހޯމްމިނިސްޓަރގެ ނައިބު މާހިރު އީސާ ރ. ދުވާފަރުގަ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހާމިދު އަބްދުލް ޤަފޫރު، ބ. އޭދަފުށީގަ ތުޅާދޫ ދާއިރާގެ މެމްބަރ ނާޒިމް ރަޝާދު، ޅ. ނައިފަރުގަ ހުޅުމީދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު، ކ.ގުރައިދޫގަ މާފަންނު ދެކުނު ދާއިރާގެ މެމްބަރ އިބްރާހިމް ރަޝީދު، އއ. ރަސްދޫ ޓީމުގަ ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ރަޝީދު، އދ. މަހިބަދޫގަ މަހިބަދޫ ދާއިރާގެ މެމްބަރ ރުގިއްޔާ މުޙައްމަދު، ވ. ފުލިދޫގަ ތިނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު ގަސަމް، މ.މުލަކުގަ ބާރަށު ދާއިރާގެ މެމްބަރ މުޙައްމަދު ޝިފާޒް، ފ. މަގޫދޫ ގަ ބިލެއްދޫ ދާއިރާގެ މެމްބަރ އަޙްމަދު ހަމްޒާ، ދ. ރިނބުދޫގަ މަނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު ތޯރިގް، ތ. ތިމަރަފުށިގަ އިހަވަންދޫ ދާއިރާގެ މެމްބަރ އަޙްމަދު އަބްދުﷲ، ލ. ގަމުގަ ރައީސް ނަޝީދު ގއ. ވިލިނގިލީގަ ހިތަދޫ މެދު ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު، ގދ. ފިޔޮރީގަ މަޑަވެލި ދާއިރާގެ މެމްބަރ މުޙައްމަދު ނާޒިމް، ޏ. ފުއައްމުލަކުގަ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް، އައްޑޫ ސިޓީގަ ދިއްދޫ ދާއިރާގެ މެމްބަރ އަޙްމަދު ސަމީރު އަދި ހުޅުމާލޭގެ ޓީމުގެ ލީޑަރަކީ ދާންދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރިޔާޒުއެވެ.

ރާއްޖޭގެ 22 ސަރަޙައްދުގެ 20 އަތޮޅުގަ، 2 ސިޓީގަ، 22 ރަށުގަ މި ސިޔާސަތު އިފްތިތާހްކުރެވިގެން ދިޔައިރު، ކުރިއަށް އޮތް ދައުރުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް ވިޔަފާރި ކުރިއެރުވުން ވާނީ އެމް.ޑީ.ޕީގެ މުހިންމު ސިޔާސަތަކަށެވެ. މިކަން ވެގެން ދާނީ ރަށްފުށުގެ އަމިއްލަ އިޤްތިޞާދު ރަނގަޅުވެ އާމްދަނީގެ ފުރުޞަތުތައް އިތުރުވެގެންދާނެ ގުނަންތަކަކަށެވެ. ރަށު ތަރައްޤީގެ އިންޖީނަށެވެ.