ގެސްޓުހައުސް ވިޔަފާރި ކުރިއެރުމުގެ އެމް.ޑީ.ޕީގެ ސިޔާސަތު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތަށް ގދ. ފިޔޯރީ ތައްޔާރުވަނީ

fiyoaree

ގެސްޓުހައުސް ވިޔަފާރި ކުރިއެރުމުގެ އެމް.ޑީ.ޕީ ސިޔާސަތު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ މަސައްކަތްތައް ގދ. ފިޔޯރީގައި ވަރަށް ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ. “ރަށު ތަރައްޤީގެ އިންޖީނު – މަގޭ ގެސްޓްހައުސް” މި ޝިއާރުގެ ދަށުން މިއަދު ހަވީރު 4 ޖަހާއިރު އެމް.ޑީ.ޕީގެ ގެސްޓްހައުސް ސިޔާސަތު ގދ. ފިޔޯރީގައި އިފްތިތާހް ކުރެވޭ ވަޤުތާއިއެކީ، ރާއްޖޭގެ އެހެން 20 ސަރަޙައްދެއްގައި މި ސިޔާސަތު އިފްތިތާހްކުރުމުގެ ރަސްމިއްޔާތުތައް ފެށޭނެއެވެ.

ފިޔޯރީގެ އިތުރުން މި ސިޔާސަތު އިފްތިތާހް ކުރެވޭ ސަރަޙައްދުތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޭދޫ، ނ. މަނަދޫ އަދި ވެލިދޫ، ރ. ދުވާފަރު، ބ. އޭދަފުށީ، ޅ. ނައިފަރު، ކ. ގުރައިދޫ، އއ. ރަސްދޫ، އއ. މަހިބަދޫ، ވ.ފުލިދޫ، މ.މުލައް، ފ. މަގޫދޫ، ދ. ރިނބިދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ލ. ގަން، ޏ. ފުވައްމުލައް، އައްޑޫސިޓީ އަދި ހުޅުމާލެއެވެ.
ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމް.ޑީ.ޕީގެ ސިޔާސަތު ގދ. ފިޔޯރީގައި އިފްތިތާޙް ކޮއްދެއްވާ ގޮތަށް ހަމަޖެހިފައިވަނީ މަޑަވެލީ ދާއިރާގެ އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު މުޙައްމަދު ނާޒިމްއެވެ.