މިއަދުގެ އެމްޑީޕީ ހަފްލާއަށް ގއ. ވިލިގިލީގައި ތައްޔާރީތައް ކުރިއަށް

vilingili

ގއ. ވިލިގިލީގައި މިއަދުގެ ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަށް ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ގިނަ ހަރަކާތް ތަކެއް އެރަށުގައި ރޭވިފައިވެއެވެ. މި ރަސމިއްޔާތް އިފްތިތާޙް ކޮށްދެއްވުމަށްޓަކައި ރައީސް ނަޝީދު ސަރުކާރުގެ ހެލްތު މިނިސްޓރ ޑރ. އައިމިނަތް ޖަމީލް ވަނީ އެރަށަށް ވަޑައިންނަވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު މުޅި ރާއްޖެއަށް ހުޅުވާލަދެއްވާ ރަސްމިއްޔާތު ލާމު އަތޮޅު ގަމުގައި މިއަދު ހަވީރު 4 ގައި ފެއްޓެވުމާއެކު ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީ ހިމެނޭ 22 ރަށެއްގައި އެކަމާ ގުޅޭ ރަސްމިއްޔާތުތަކާއި އުފާވެރި ހަފްލާތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

ގއ. ވިލިނގިލީގެ އިތުރުން މިއަދު ހަވީރު މި ޙަފްލާ ބާއްވާ ސަރަހައްދުތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޭދޫ، ނ. މަނަދޫ އަދި ވެލިދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު އަދި ހިއްނަވަރު، ކ.ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފުލިދޫ، މ.މުލައް، ފ. މަގޫދޫ، ދ. ރިނބުދޫ، ތ. ތިމަރަފުށި، ލ. ގަން، ގދ. ފިޔޮރީ، ޏ. ފުއައްމުލައް، އައްޑޫ ސިޓީ އަދި ހުޅުމާލޭގައެވެ.
މިހަފްތާ ބަންދުތެރޭ ކުރިއަށްދިޔަ ދޭތިންފަހެތި އަދި ވަޢުދާއި ހިނގުމުގެ ކެމްޕެއިންތަކުގަ އެމްޑީޕީގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ޕާޓީގެ ލީޑަރޝިޕުގެ ބޭފުޅުން ވަނީ 58 ރަށެއްގައި މަސައްކަތްތައްކުރިއަށްގެންދަވާފައެވެ.