ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަށް މ. މުލަށް ތައްޔާރުވަނީ

mulah

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް މ. މުލަކުގަ ކުރިޔަށް އެބަދެއެވެ.

މިއަދު ހަވީރު 4 ޖަހާއިރު ބާއްވާ ރަސްމިއްޔާތުގައި މ. މުލަކު ގައި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކުރުން ކުރިޔަށްދާއިރު ރާއްޖޭގެ އެހެން 20 ސަރަހައްދުގެ 19 އަތޮޅުގަ، 2 ސިޓީގަ 23 ރަށުގަ މި ސިޔާސަތު އިފްތިތާޙް ކުރެވޭނެއެވެ.

މިގޮތުން މިއަދު މ ިއުފާވެރި ޙަފްލާ ބާއްވާ ސަރަހައްދުތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޭދޫ، ނ. މަނަދޫ އަދި ވެލިދޫ ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު ކ.ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފުލިދޫ، މ.މުލައް، ފ. މަގޫދޫ، ދ. ރިނބުދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ފިޔޮރީ، ޏ. ފުއައްމުލައް، އައްޑޫ ސިޓީ އަދި ހުޅުމާލޭގައެވެ.

ރައީސް ނަޝީދު ގަމުގަ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވާ ވަގުތާއެކުއެކީ އަނެއް 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ޕާޓީގެ ލީޑަރޝީޕުގެ ބޭފުޅުންނެވެ.