6 ކިލޯމީޓަރުގެ ތާރުމަގަށްޓަކައި ރައީސް ނަޝީދަށް ޝުކުރު ދެންނެވުމުގެ ޙަފްލާ ބާއްވައިފި

Share2013-04-06-261fde727e04f989f0b0fd4c3f099cc79b5459f5d024ab39197b9bf4e6ae4d8d_jpg

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު އައްޑޫ ސިޓީގެ މަރަދޫއާއި ފޭދޫގެ 6ކިލޯމީޓަރުގެ ބޮޑު މަގުގަ ތާރު އަޅައިދިނުމަށް ކޮށްދެއްވި މަސައްކަތަށް ޝުކުރު ދެންނެވުމަށް ވަރަށް ކުލަގަދަ ޙަފްލާއެއް ރޭގަ އައްޑޫ ސިޓީގެ ފޭދޫގައި ބާއްވައިފިއެވެ.

ފޭދޫ ދާއިރާގެ ރައީސް އަބްދުﷲ ސައީދު މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ނަޝީދުގެ ސަރުކާރުން ފަށައިދިން ޕްރޮޖެކްޓްތަކުން ހަމައެކަނި ހުއްޓުމެއްނެތި ކުރިޔަށްދާ ޕްރޮޖެކްޓްއަކީ މަގުތައް ރަގަޅު ފެންވަރަށް ހަދައިދިނުމުގެ ޕްރޮޖެކްޓްކަމާ، ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ކޮށްދެއްވަން ފަށައިފައިވާ މީ ވަރަށް ބޮޑު ފަސޭހައެއްކަމާ، ލަންކާގެ އައިސީސީ ކުންފުނީގެ މީހުން ކުރަމުން އެ ގެންދަނީ ވަރަށް ބުރަ މަސައްކަތެއްކަމާ، ބޮޑު މަގުގައި ތާރު އަޅާ ރަގަޅު ފެންވަރަށް މަގު ހަދައިދިނުމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް ފަސޭހަ ލިބިގެންދާނެއެވެ. އެހެން ވީމާ ރައީސް ނަޝީދަށް ޝުކުރު ދެންނެވުމަށާ، ިލަންކާގެ އައިސީސީ ކުންފުނިން ހުއްޓާނުލާ މި މަސައްކަތް ކުރިޔަށް ގެންދާތީ ކުންފުނީގެ އެންމެހާ ފަރާތްތްކަށާއި ކޮންސްޓަކްޝަން މަސައްކަތުގަ ހީވާގިކަމާއެކު މަސައްކަތްކުރާ އެންމެންނަށް ހިއްވަރުދިނުމުގެގޮތުން އެފަރާތްތަކަށް ތައްޔާރު ކުރި ކެއުމެއްކަމަށެވެ. އަދި މި ކެއުން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ފޭދޫ ދާއިރާގެ މެމްބަރުންނާ ދާއިރާގެ ހިންގާ ކޮމިޓީގެ ބޭފުޅުންނެވެ.

އެމްޑީޕީީ ފޭދޫ ދާއިރާ އޮފީސް ކުރިމަތީގަ ބޭއްވި މި ކެއުމުގެ ޙަފްލާގައި ބައިވެރިވީ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތުގައި އުޅޭ މީހުންނާ، ލަންކާ އައިސީސީ ކުންފުނީގެ މިހާރު އެސިޓީގައި އުޅޭ އެންމެންނާ، އައްޑޫ ސިޓީގެ ކައުންސިލް މެމްބަރުންނާ، ދާއިރާތަކުގެ އިސްކޮށް އުޅުއްވާ ބޭފުޅުންނާ އަދި އައްޑޫ ސިޓީގެ މެމްބަރުންނާ އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމުގެ ބޭފުޅުންނެވެ.