ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތާބެހޭ މަސައްކަތުބައްދަލުވުން ހއ. ދިއްދޫގައި ބާއްވައިފި.

ލިޔުނީ؛ ޝަހީދާ

Share2013-04-05-313f67da14c24810bb866e7e7a8dec65c14c9071922e0e13584df03db56a20c3_jpg

ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތާބެހޭ މަސައްކަތުބައްދަލުވުން ހއ. ދިއްދޫގައި މިރޭ ބާއްވައިފިއެވެ.

މި ސިޔާސަތު އިފްތިތާޙް ކުރުމަށް މިހާރު ދިއްދޫގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމުން ދިއްދޫގެ އުތުރު އަވަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި މިމަސައްކަތު ބައްދަލުވުން ފެށީ މިރޭ 30:9 ގައެވެ. އަދި ހަމަ މިގޮތުން މާދަމާގެ ވަގުތުގައި އެރަށުގެ މެދު އަވަށާ ދެކުނު އަވަށުގައިވެސް މި މަސައްކަތުބައްދަލުވުން ބާއްވާގޮތަށް ވަނީ ހަމަޖެިފައެވެ.

6 އޭޕްރީލް 2013ވާ ހޮނިހިރު ދުވަހު ހަވީރު ދިއްދޫގައި، ގެސްޓް ހައުސް ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކުރުމުގެ ހަފްލާ ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެެ.މިކަމަށްޓަކައި ދިއްދޫގައި ހަރަކާތްތެރިވާ ޓީމުގެ ލީޑަރަކަށް އެޅުއްވަނީ ށ. މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާއެވެ.