އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު ތަޢާރަފް ކުރުން ރާއްޖޭގެ ތަފާތު 21 ސަރަހައްދުގަ

ލިޔުނީ: ޝަހީދާ

guesthouse

މި ހަފްތާ ބަންދުގެ ހޮނިހިރު ދުވަހު ހަވީރު ލ.އަތޮޅު ގަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވާ ވަގުތާ އެކުއެކީ, ރާއްޖޭގެ އެހެން 20 ސަރަހައްދެއްގައި މި ސިޔާސަތު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ލ. ގަމުގެ އިތުރުން މި ހަފްލާ ބާއްވާ އަނެއް 20 ސަރަހައްދަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޭދޫ، ނ. މަނަދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ.ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ތިނަދޫ، މ.މުލައް، ފ. މަގޫދޫ، ދ. ރިނބުދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ފިޔޮރީ، ޏ. ފުއައްމުލައް، އައްޑޫ ސިޓީ އަދި ހުޅުމާލޭގައެވެ. މީގެ ތެރެއިން މިހާރު ދަތުރު ފަށާފައިވާ ރަށްތަކަކީ، ގއ. ވިލިނގިލި، ގދ، ފިޔޮރީ، ރ. ދުވާފަރު، ޏ. ފުއައްމުލައް، އަދި އައްޑޫ ސިޓީ އެވެ.

މި ދަތުރުތަކުގައި ހަރަކާތްތެރިވާ ލީޑަރުންނަކީ ހއ. ދިއްދޫގަ މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާ ،ހދ. ކުޅުދުއްފުށީގަ ޗެއަރޕާސަން މޫސާ މަނިކު، ށ. ފޭދޫގަ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރ އަލްއުސްތާޛާ މާރިއާ އަޙްމަދް ދީދީ، ނ. މަނަދޫގަ ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަޙްމަދު އީސާ، ރ. ދުވާފަރުގަ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހާމިދު އަބްދުލް ޤަފޫރު، ބ. އޭދަފުށީގަ ތުޅާދޫ ދާއިރާގެ މެމްބަރ ނާޒިމް ރަޝާދު، ޅ. ނައިފަރުގަ ހުޅުމީދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު، ކ.ގުރައިދޫގަ މާފަންނު ދެކުނު ދާއިރާގެ މެމްބަރ އިބްރާހިމް ރަޝީދު، އއ. ރަސްދޫ ޓީމުގަ ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ރަޝީދު، އދ. މަހިބަދޫގަ މަހިބަދޫ ދާއިރާގެ މެމްބަރ ރުގިއްޔާ މުޙައްމަދު، ވ. ތިނަދޫގަ ތިނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު ގަސަމް، މ.މުލަކުގަ ބާރަށު ދާއިރާގެ މެމްބަރ މުޙައްމަދު ޝިފާޒް، ފ. މަގޫދޫ ގަ ބިލެއްދޫ ދާއިރާގެ މެމްބަރ އަޙްމަދު ހަމްޒާ، ދ. ރިނބުދޫގަ މަނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު ތޯރިގް، ތ. ތިމަރަފުށިގަ އިހަވަންދޫ ދާއިރާގެ މެމްބަރ އަޙްމަދު އަބްދުﷲ، ގއ. ވިލިނގިލީގަ ހިތަދޫ މެދު ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު، ގދ. ފިޔޮރީގަ މަޑަވެލި ދާއިރާގެ މެމްބަރ މުޙައްމަދު ނާޒިމް، ޏ. ފުއައްމުލަކުގަ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް، އައްޑޫ ސިޓީގަ ދިއްދޫ ދާއިރާގެ މެމްބަރ އަޙްމަދު ސަމީރު އަދި ހުޅުމާލޭގެ ޓީމުގެ ލީޑަރަކީ ދާންދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރިޔާޒުއެވެ.

މި 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ލީޑަރޝީޕުގެ ބޭފުޅުންނެވެ