ގެސްޓް ހައުސްގެ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކުރުމުގެ ޙަފްލާ ލ. ގަމުގަ

guesthouse

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި ލ.އަތޮޅު ގަމުގައި އިފްތިތާޙް ކޮށްދެއްވާނެއެވެ.

6 އޭޕްރީލް 2013 ވާ ހޮނިހިރު ދުވަހު ހަވީރު 4 ޖަހާއިރު ގަމުގަ މި ރަސްމިޔާތު ބާއްވާ ވަގުތު ރާއްޖޭގެ އެހެން 20 ސަރަހައްދެއްގައި އެކު އެކީހެން މި ސިޔާސަތު އިފްތިތާޙް ކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނެއެވެ. މި 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ލީޑަރޝީޕުގެ ބޭފުުޅުންނެވެ.

ގަމުގައި ބާއްވާ މި ޙަފްލާއަށް ލ.އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގަ ގެސްޓްހައުސްގެ ވިޔަފާރި ކުރައްވާ އެންމެހާ ފަރާތްތަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ދަޢުވަތު އަރުވާފައެވެ.