ރައީސް ނަޝީދު މިއަދު ހުޅުމާލެއަށް ވަޑައިގަންނަވާނެ

ދިވެހިރާއްޖޭގެ އިންތިޙާބީ ރައީސް އަދި ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ)އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު މިއަދު ހުޅުމާލެއަށް ވަޑައިގަންނަވާނެއެވެ.

މިއަދު މެންދުރުފަހު ހުޅުމާލެއަށް ރައީސް ނަޝީދު ކުރައްވާ މި ދަތުރުފުޅުގައި އެރަށުގެ އެމަނިކުފާނުންގެ ކެމްޕެއިން އޭޖެންޓުންނާ ބައްދަލުކުރެއްވާނެއެވެ. އަދި މީގެ އިތުރުން ކެމްޕެއިން އޭޖެންޓުންނާއެކު “ދޭތިން ފަހެތި” ކެމްޕެއިންގެ މަސައްކަތު ބައްދަލުވުން ބާއްވަވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާ މިއަދު ހަވީރު އެމަނިކުފާނު މާލެ ވަޑައިގަންނަވާނެއެވެ.