ރައީސް ނަޝީދު ތުލުސްދޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ މިއަދު މާލެ ވަޑައިގަންނަވާނެއެވެ.

dheythin fahethi thulusdhoo dhaairaa 020413 (123)

ދިވެހިރާއްޖޭގެ އިންތިޙާބީ ރައީސް އަދި ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ)އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ތުލުސްދޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ މިއަދު މާލެ ވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދު ތުލުސްދޫ ދާއިރާއަށް ކުރެއްވި މިދަތުރުފުޅަކީ މި ދާއިރާގެ ހުރާ، ދިއްފުށި އަދި ތުލުސްދޫގައި “ދޭތިން ފަހެތި” ކެމްޕެއިންގެ މަސައްކަތް ފައްޓަވައިދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އެމްޑީޕީގެ ކެމްޕެއިން ޓީމާއެކެ އެމަނިކުފާނު ހުރާއަށް ވަޑައިގެން އެރަށުގައި ގެސްޓްހައުސްއެއް ހުޅުއްވައި ދެއްވާފައިވެއެވެ. އަދި އެރަށުގައި އެމަނިކުފާނުންގެ ކެމްޕެއިން އޭޖެންޓުންނާއެކު މަސައްކަތު ބައްދަވުން ބޭއްވެވުމުގެ އިތުރުން އެމްޑީޕީގެ އާއްމު މެމްބަރުންނާއެކު މަޝްވަރާ ބައްދަލުވުންވެސް ވަނީ ބާއްވަވާފައެވެ.

ހުރާއަށް ފަހު ދިއްފުށްޓަށް ވަޑައިގެން “ދޭތިން ފަހެތި” ކެމްޕެއިންގެ މަސައްކަތް ފައްޓަވާދެއްވާ ރަށުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގާ އެމަނިކުފާނު އެންމެ ފަހުން ޒިޔާރަތް ކުރެއްވީ ތުލުސްދޫއަށެވެ. އެމަނިކުފާނު ތުލުސްދޫއަށް ވަޑައިގެން އެރަށުގާ ދެ ގެސްޓް ހައުސް ވަނީހުޅުއްވައިދެއްވައިފައެވެ. އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ފެއްޓެވުމަށްފަހު ރަށުގެ ރައްޔިތުންނާއި އެމްޑީޕީގެ މެމްބަރުންނާ ރައީސް ނަޝީދު ބައްދަލުކުރައްވާފައިވެއެވެ

.

ރޭގަ ތުލުސްދޫގައި ބޭއްވުނު އާއްމު ޖަލްސާއަށްފަހު މި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރައީސް ނަޝީދު މާލެވަޑައިގަންނަވާނެއެވެ.