ކެނދިކޮޅުދޫ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޕްރައިމަރީއިން ހޮވިފައިވާ އުމަރު މޫސާ މ.ވޭރާ، މާލެ ސިޓީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުތު ހަމަވާ މީހެއްކަމުގައި ބަލައި ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކޮށް އުމަރު މޫސާގެ ޝަރުތު ހަމަވާކަމަށް ނިންމައިފިއެވެ.
ނ. ކެނދިކުޅުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން 04 މެއި 2013 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފަކަމަށް އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ މުގައްރިރު އިބްރާޙިމް ވަޙީދު ވިދާޅުވިއެވެ.