“ދޭތިން ފަހެތި” ކެމްޕެއިން މާލެ އަތޮޅު ތުލުސްދޫ ދާއިރާގެ ހުރާ ދިއްފުށި އަދި ތުލުސްދޫގައި

ދިވެހިރާއްޖޭގެ އިންތިޙާބީ ރައީސް އަދި ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ)އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ބައވެރިވެވަޑައިގަންނަވާ “ދޭތިން ފަހެތި” ކެމްޕެއިން ދަތުރު މިހާރު މާލެ އަތޮޅު ތުލުސްދޫ ދާއިރާގައި ކުރިޔަށް އެބަދެއެވެ.

މިއަދު ހެނދުނު ފެށުނު މިދަތުރުގަ ރައީސް ނަޝީދުގެ ޓީމުން ޒިޔާރަތް ކުރާނީ ތުލުސްދޫ، ހުރާ އަދި ދިއްފުއްޓަށެވެ. “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ހިންގުމަށް އަމާޒު ކޮށްގެން ކުރާ ިމި ދަތުރުގައި ހުރާއަށް ޒިޔާރަތް ކޮށް އެރަށުގެ ރައީސް ނަޝީދުގެ ކެމްޕެއިން އޭޖެންޓުންނާއެކު މަސައްކަތު ބައްދަލުވުން ބާއްވާ އަދި ޕާޓިގެ މެމްބަރުންނާއެކު މަޝްވަރާ ބައްދަލުވުން ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ހުރާގަ ރައީސް ނަޝީދު ގެސްޓް ހައުސްއެއް ހުޅުއްވައިދެއްވާނެއެވެ.

ދިއްފުށިގަ ޓީމުން ކުރިޔަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގެ އިތުރުން ރަށު ރައްޔިތުންނާ ބައްދަލު ކުރުން އޮންނާނެއެވެ. އަދި މިދަތުރުގަ ރައީސް ނަޝީދު އެރަށުގެ ހާބަރ ހުޅުއްވައިދެއްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު ހަވީރު ރައީސްް ނަޝީދު ތުލުސްދޫގަ 2 ގެސްޓް ހައުސް ހުޅުއްވައިދެއްވާނެއެވެ. އަދި ކެމްޕެއިން ޓީމުން ޕާޓީ މެމްބަރުންނާ ބައްދަލުކޮށް ކެމްޕެއިންގެ މަޝްވަރާކޮށްްްްް ރަށު ރައްޔިތުންނާ ބައްދަލު ކުރުން އޮންނާނެއެވެ.

މި ދަތުރުގަ ބާއްވާ އާއްމު ޖަލްސާ އޮންނާނީ މިރޭ 9ޖަހާއިރު ތުލުސްދޫގައެވެ. އަދި މާލެ އަތޮޅުގެ މި ތިންރަށަށް ކުރާ ދަތުރު ނިމޭނީ މާދަމާ ހެނދުނުއެވެ.