“ދޭތިން ފަހެތި” ކެމްޕެއިން ދެވަނަ ގިޔަރަށް ލުމަށް މަޝްވަރާ ބައްދަލުވުން ބާއްވައިފި

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ “ދޭތިން ފަހެތި” ކެމްޕެއިން ދެވަނަ ގިޔަރަށް ލުމަށް، މަޝްވަރާ ބައްދަލުވުން ބާއްވައިފިކަމަށް އެމްޑީޕީގެ ކެމްޕެއިން އޮފީހުގެ އޮޕަރޭޝަންސް މެނޭޖަރ މުޙަންމަދު ބަޝީރު ވިދާޅުވެއްޖެއެވެ.

2013 ގެ ރިޔާސީ އިންތިޙާބުގެ “ދޭތިން ފަހެތި” ކެމްޕެއިން ދެވަނަ ގިޔަރަށްލާ އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް ރާވާ ހިންގާނެ ގޮތުގެ މަޝްވަރާ ކުރުމަށް، ސިޓީ ހޯލްގަ ރޭ 9 ޖެހިއިރު ބޭއްވުނު މި ބައްދަލު ކުރުމުގައި ބައިވެރިވީ، މާލެ ސިޓީގެ 11 ދާއިރާގެ ކެމްޕެއިން އޭޖެންޓުންނާއި، ދާއިރާ ހިންގާ ކޮމިޓިއާއި، ދާއިރާ ރައީސުންނާއި، ކައުންސިލަރުންނާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ބައވެރިވެވަޑައިގެން މި ބައްދަލުވުން ވަރަށް ކާމިޔާބުކަމަށް އޮޕަރޭޝަންސް މެނޭޖަރ ބަޝީރު ވިދާޅުވިއެވެ. އަދި މީގެ އިތުރު މަޝްވަރާ ބައްދަލުވުންތައް މި އޭޕްރިލް މަސްތެރޭގައި ކުރިޔަށް ގެންދާނެކަމަށްވެސް ބަޝީރު އިތުރަށް ވިދާޅުވިއެވެ.