ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ” ދޭތިން ފަހެތި” ކެމްޕެއިންގަ ތިނަދޫގެ”ވައުދާ ހިނގުމުގެ” 90% މަސައްކަތް ނިމިއްޖެކަމަށް ތިނަދޫ ޓީމް ލީޑަރ، މަޑަވެލި ދާއިރާގެ މެމްބަރ ނާޒިމް ވިދާޅުވެއްޖެއެވެ.
2013ގެ ރިޔާސީ އިންތިޙާބަށް އަމާޒުކޮށް އެމްޑީޕީއިން ކުރިޔަށް ގެންދާ “ދޭތިން ފަހެތި” ރިޔާސީ ކެންޕެއިންގެ ތެރެއިން ހަފްތާ ބަންދުގެ 28 މާރޗް ބުރާސްފަތި ދުވަހު ތިނަދޫގައިފެށި ދަތުރުގަ މިއަދާ ހިސާބަށް ކުރިވިފައިވާ މަސައްކަތްތަކަށް ބައްލަވާލައްވާ ނާޒިމު ވިދާޅުވީ، “ވައުދާ ހިނގުން” ދޮރުން ދޮރަށް ހިނގުމުގެ ފަންނީ މައުލޫމާތު ދިނުން ކުރިޔަށް ގެންގޮސް، ތިނަދޫގައި ދޮރުން ދޮރަށް ހިނގުމަށް ކަޑައަޅާފައިވާ އަދަދުގެ 90% މަސައްކަތް ނިންމިއްޖެކަމަށެވެ. އަދި ތިނަދޫގެ ކޮންމެ ގެއަކުންވެސް އެކިޔާ ހޫނެ ތަރްޙީބު އުފަލާއެކު ބަލައިގަންނަކަމަށެވެ. މި ދަތުރުގަ އެ ރަށުގަ ބޭއްވުނު 2 އާއްމު ޖަލްސާއަށް ވަރަށް ބޮޑު ތަރްޙީބު ލިބިފައިވާކަމަށް ވިދާޅުވިއެވެ.
ހަފްތާ ބަންދުގަ ތިނަދޫއަށް ކުރި “ދޭތިން ފަހެތި” ކެމްޕެއިން ދަތުރު މާދަމާ ނިމޭނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.