2013 ގެ ރިޔާސީ ކެމްޕެއިން ވޯރކްޝޮޕް ދެވަނަ ގިޔަރަށް

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ “ދޭތިން ފަހެތި” ކެމްޕެއިންގެ ދޮރުން ދޮރަށް ހިނގުމާ ގުޅެގޮތުން ބާއްވާ ވޯރކްޝޮޕް، ދެވަނަ ގިޔަރުގާ މިއަދު ކުރިޔަށްދާނެކަމަށް އެމްޑީޕީގެ ކެމްޕެއިން އޮފީހުގެ އޮޕަރޭޝަންސް މެނޭޖަރ މުޙަންމަދު ބަޝީރު ވިދާޅުވިއެވެ.

2013ގެ ރިޔާސީ ކެމްޕެއިންގާ މާލެ ސިޓިގަ ދޮރުން ދޮރަށް ހިނގުމުގ ެ މަސައްކަތުގަ އުޅުއްވާ ރައީސް ނަޝީދުގެ ކެމްޕެއިން އޭޖެންޓުންނަށް އަމާޒުކޮށްގެން ބާއްވާ މި ވޯރކްޝޮޕް މިއަދު ހެނދުނު 10:30ން ފެށިގެން ދަރުބާރުގެ ފާށަނާ މާލަމުގައި ކުރިޔަށް ދާނެއެވެ.

ދޮރުން ދޮރަށް ހިނގުމުގެ ފަންނީ މައުލޫމާތު ދިނުމާ، މައުލޫމާތު އެއްކުރުމަށް ބާއްވާ މި ވޯރކްޝޮޕްގައި މާލެ ސިޓިގެ ދާއިރާތަކުގެ ރައީސުންވެސް ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި ވޯރކްޝޮޕް ނިމޭނީ މިއަދު މެންދުރުފަހު 3:30 ގައެވެ. އަދި މި ވޯރކްޝޮޕް ނިންމާލުމަށް ފަހު ބައިވެރިން މޫދަށް ދިޔުމުގެ ހަފްލާ އޮންނާނެކަމަށް ވެސް ބަޝީރު މައުލޫމާތި ދެއްވިއެވެ.