ލ. އަތޮޅުގެ ވަކި ވަކި ދާއިރާގައި “ދޭތިން ފަހެތި” ކެމްޕެއިންގެ މަސައްކަތް ވަރަށް ފޯރީގައި ކުރިޔަށް އެބަދޭ.

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ކުރިއަށް ގެންދާ “ދޭތިން ފަހެތި” ރިޔާސީ ކެންޕެއިންގެ މަސައްކަތް ވަރަށް ފޯރިއާއެކު ލ. އަތޮޅުގެ ވަކި ވަކި ދާއިރާ ތަކުގައި ކުރިޔަށް ދާކަމަށް ޓީމުގެ ކޯޑިނޭޓަރ މާރިއާ އަޙަމަދް ދީދީ ވިދާޅުވެއްޖެއެވެ.

ހަފްތާ ބަންދުގައި ލ. އަތޮޅުގައި ކުރިޔަށް ގެންދާ މި ކެމްޕެއިން ހަރަކާތްތަކުގައި ޑޯޓޫޑޯގެ މަސައްކަތްވަނީ ފަށާފައެވެ. އަދި މީގެ އިތުރުން އާއްމު ޖަލްސާތައް ވަކި ވަކި ސަރަހައްދުތަކުގައި ދަނީ ބާއްވަމުންނެވެ. މިގޮތުން ރޭގަ ތުނޑި އަވަށުގައި ބޭއްވި ޖަލްސާއަށް ވަރަށް ތަރްޙީބު ލިބުނުކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މިއަދު ހަވީރު މުކުރިމަގުގަ ބޭއްވި އާއްމު ޖަލްސާއަށް ވަރަށް ބޮޑު ތަރްޙީބު ލިބުނުކަމަށްވެސް މާރިއާ ވިދާޅުވިއެވެ .އަދި މި ޖަލްސާގައި ލ. ގަމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ ރައީސާ، ރާމިޒާ ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ. ކޯޑިނޭޓަރ އިތުރަށް ވިދާޅުވީ މިރޭ ދޭތިން ފަހެތި ޖަލްސާ ކުރިޔަށް ދާނީ ފޮނަދޫގަކަމަށެވެ.

ހަފްތާ ބަންދުގަ ލ، އަތޮޅަށް ކުރި “ދޭތިން ފަހެތި” ކެމްޕެއިން ދަތުރު ހޮނިހިރުދުވަހު ނިމޭނެއެވެ.