މުލަކު އަދި ދިއްގަރު ދާއިރާގައި “ދޭތިން ފަހެތި” ކެމްޕެއިންގެ ދަތުރު އިތުރު ފޯރިއާއެކު ކުރިޔަށް އެބަދޭ

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ކުރިއަށް ގެންދާ “ދޭތިން ފަހެތި” ރިޔާސީ ކެންޕެއިންގެ ދަތުރުތަކުގެ ތެރެއިން މުލަކު އަދި ދިއްގަރު ދާއިރާގައި ދަތުރުތައް ފެށި އިތުރު ފޯރިއާއެކު ކުރިޔަށް ދާކަމަށް ޓީމުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މިހިނގާ މާރޗް މަހުގެ 27ން 31ށް ކުރިޔަށްދާ މިދަތުރުގައި މިހާތަނަށް ކޮޅުފުށި، ނާލާފުށި، ވޭވައް އަދި މުލަކުގަ މަސައްކަތު ބައްދަލުވުން ބާއްވާ ޑޯޓޫޑޯގެ މަސައްކަތްވަނީ ފަށާފައެވެ. އަދި މިއަދު ހެނދުނު 10ގައި ރަތްމަންދޫގައި މަސައްކަތު ބައްދަލުވުން ހިންގުމަށް ފަހު ޑޯޓުޑޯގެ މަސައްކަތް ފެށިގެންކުރިޔަށް ގެންގޮސް، މިއަދުގެ މެންދުރުފަހު 2ން ފެށިގެން މަޑުއްވަރީގައި މަސައްކަތު ބައްދަލުވުން އަދި ޑޯޓުޑޮގެ މަސައްކަތް ވަނީ ފެށާފައެވެ.

އަދި މީގެ އިތުރުނުް މިރޭ ދިއްގަރުގައިވެސް މި ހަރަކަތްތްއް ފަށާގޮތަށް ހަމަޖެހިފައިވާކަމަށް ދަތުރުގެ ކޯޑިނޭޓަރ ވިދާޅުވިއެވެ. ކޯޑިނޭޓަރ އިތުރަށް ވިދާޅުވީ މުލަކު އަދި ދިއްގަރު ދާއިރާގަ މި ހަފްތާ ބަންދުގެ “ދޭތިން ފަހެތި” ކެމްޕއެިން މި މަހުގެ 31ގައި ނިންމާއިރު މި ދެ ދާއިރާގެ ރައްރަށުގެ އާއްމު ރައްޔިތުންނާ ބައްދަލުކުރުން ވަރަށް ހާއްސަ ގޮތެއްގައި ކުރިޔަށް ގެންދާނެކަމުގައެވެ.

މުލަކު އަދި ދިއްގަރު ދާއިރާގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމުގެ އިސްބޭފުޅަކީ ރައީސް ނަޝީދު ސަރުކާރުގެ ފައިނޭންސް މިނިސްޓަރް މުޙަންމަދު ޝިޙާބުއެވެ.