އެމްޑީޕީގެ ހަތަރު ދާއިރާއެއްގެ ފަސް އިންތިޚާބާއި ޒުވާނުންގެ ހިތްވަރުގެ ތިން އިންތިޚާބެއް ހުކުރުދުވަހު ކުރިއަށްދާނެ

އެމްޑީޕީގެ ހަތަރު ދާއިރާއެއްގެ ފަސް އިންތިޚާބާއި ޒުވާނުންގެ ހިތްވަރުގެ ތިން އިންތިޚާބެއްގެ ވޯޓްލުން 29 މާޗް 2013 ވާ ހުކުރު ދުވަހު ކުރިއަށްދާނެއެވެ. ހުރިހާ ދާއިރާއެއްގައިވެސް ވޯޓުލުން ކުރިޔަށްދާނީ ހުކުރު ދުވަހުގެ 1415 އިން 1700 އަށެވެ. މާލޭގައި ވޯޓުލުން ކުރިޔަށް ދާނީ އެމްޑީޕީ އޮފީހުގެ އެންމެތިރީބުރީގައެވެ.

އިންތިޚާބުކުރުމަށް މިބުރުގައި ވޯޓްދެވޭ މަގާމްތަކުގެ ތެރޭ ކެލާ ދާއިރާގެ ނާއިބު ރައީސް ކަމާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ ސެކްރެޓަރީ ކަމާއި އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާ ގެ ސެކްރެޓަރީ ކަމާ އައްޑޫސިޓީހިތަދޫދެކުނުދާއިރާގެސެކްރެޓަރީގެ ނާއިބު ކަން ހިމެނެއެވެ. ޒުވާނުންގެ ހިތްވަރުން ށ.ކަނޑިތީމާއި، ޅ. ނައިފަރާއި ގދ. ނަޑެއްލާ އިން މަންދޫބުން (ނުވަތަ ފޯކަލް ޕޮއިންޓް) ގެ މަގާމްތައް މިފަހަރު އިންތިޚާބުކުރެވޭނެއެވެ.

އެމްޑީޕީގެ އިންތިހާބާއި ބެހޭޤަވާއިދުގެ 5.2 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން 18މާރޗް 2013 ވަނަ ދުވަހާ ހަމައަށް ޕާޓީގައި ރަޖިސްޓަރީވެފައިވާ މެމްބަރުން އެމެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި ވޯޓްދެއްވާނެއެވެ. ޒުވާނުންގެ ހިތްވަރުގެ އިންތިހާބުގައި ވޯޓު ލައްވާނީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 35 އަހަރުން ދަށުގެ މެމްބަރުންނެވެ.