އެމްޕީއެލް ސަރަހައްދުގައި ތައްޔާރުކުރެވެމުންދާ ޖަގަހަ ހުކުރު ދުވަހުގެ ރޭ ރައީސް މުޙަންމަދު ނަޝީދު ހުޅުވައިދެއްވާނެ

ކަސްޓަމްސްއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް ހުންނަ ސަރަޙައްދުގައި ތައްޔާރުކުރެވެމުންދާ “ސަރަޙައްދު ޖަގަހަ” ހުކުރު ދުވަހުގެ ރޭ ރައީސް މުޙަންމަދު ނަޝީދު ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއުފާވެރި ޙަފްލާގައި އެމްޑީޕީގެ ވީހާ ގިނަ މެންބަރުން ބައިވެރިވެދެއްވުމަށް “ސަރަޙައްދު ޖަގަހަ” ތައްޔާރުކުރައްވަމުން ގެންދަވާ ފަރާތްތަކުން އެދި ލައްވައެވެ.

“ސަރަހައްދު ޖަގަހަ” އިގެ އެންމެހާ ތައްޔާރީތައް މިހާރުވެސް ފުރިހަމަ ކުރެވެމުން ދާކަމަށާއި މިޖަގަހަ ވެގެންދާނީ ތަފާތު އަދި އަގުހުރި މަސައްކަތްތަކެއް ކުރެވޭނެ ޖަގަހެއްކަމުގައި ހެއްދެވުމަށް ގިނަ މެންބަރުންތަކެއް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.