ރައީސް މުޙަންމަދު ނަޝީދު ބިދޭސީއަކު ލައްވާ އަވަހާރަކޮށްލުމަށް މަސައްކަތްކުރާކަމުގެ ވާހަކަ ރަސްމީ ފަރާތްތަކަށް އަންގަވައިފި

vaudhaai hingun hulhu henveyru jalsa 250313 (42)

ބޭރުގެ ކުލީ ސިފައިން ލައްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރެމުންދާކަމުގައި ރައީސް މުޙަންމަދު ނަޝީދުއަށް ތާއީދުކުރައްވާ ނިސްބަތުން ގިނަ ފަރާތްތަކަކުން ގެންދަވަނީ އެމަނިކުފާނުގެ އޮފީހަށް އަންގަވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަވަހާރަކޮށްލުމަށް ދުރުމީ ހަރުކޮށްފައިވާ ބަޑިއެއް އެތެރެކޮށްފިކަމަށާއި އެކަން ކުރާނެ ކަމަށް ތުހުމަތުކުރެވޭ ބިދޭސީ ދެ މީހަކު މިހާރު ރާއްޖެ އަތުވެއްޖެކަމުގައި ފެތުރެމުންދާ މަޢުލޫމާތުތައް، ރައީސް މުޙަންމަދު ނަޝީދުއަށް ތާއީދުކުރައްވާ ފަރާތްތަކުން މިހާރު ވަނި ސަރުކާރުގެ ބާރުތަކާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް ރަސްމީކޮށް ރިޕޯޓްކޮށްފައިކަމަށްވެސް ރައީސް ނަޝީދުގެ އޮފީހަށް މަޢުލޫމާތުލިބިފައިވާކަމަށް އެ އޮފީހުން މައުލޫމާތުދެއްވައެވެ. އަދި މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔުމުން ވަނީ އަންގާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް އަރުވަން ޖެހޭ އިނާޔަތްތަކާ އަދި ރައްކާތެރިކަން ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އާންމުންގެ ތެރޭގައި ފެތުރެމުން އަންނަ ވާހަކަތަކާމެދު އަޅުއްވަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅުއްވައި ޤާނޫނީ ވާޖިބު އަދާ ކުރެއްވުމަަށް ރައީސް ނަޝީދުގެ އޮފީހުން، ސަރުކާރުގެ ބާރުތަކާ ހަވާލުވެވަޑައިިގެން ތިއްބެވި ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ.