ރައްޔިތުންގެ މަޖިލީސް ކުރާ ގޭގެ ތެރެއަށް އެއްވެސްބަޔަކަށް ވަދެނުގަނެވޭނެ ކަމަށާއި އެފަދައިން ވާހަކަ ދައްކަވާ ބަޔަކު އެއީ ހީލަތްތެރި ރޭވުމަކުން ދައްކާ ވާހަކަ އެއްކަމުގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާމަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަވަނީ އެމްއެންޑީއެފްގެ ވަރަށް ގާބިލް ޔުނިޓަކުން ކަމަށާއި، އިތުރު އެހީތެރިކަން އެބޭފުޅުން ބޭނުންވެލައްވާނަމަ އެކަމުގައިވެސް އިސްނަންގަވާނެ ގައުމީ ސިފައިންނާ ފުލުހުން ވަކި މަދެއް ނުވާނެކަމުގައެވެ.
މަދަނީ އިއްތިހާދޭ ކިޔައިގެން އުޅޭ ބައިގަނޑަކުން އެބައިމީހުން މަޖިލީހަށް ވަދެގަތަ ދެއްވާނީ ދިވެހި ފުލުހުންނޭ ކިޔުއްވައިގެން އާންމުތަންތަންތާ ވާހަކަ ދެއްކެވުމަކީ ވަރަށް ބޮޑު މައްސަލައެއްކަމުގައި ވިދާޅުވަމުން އޭނާ ފާހަގަކުރެއްވީ އެކަމާ މިހާތަނަށް ފުލުހުން ރައްދެއް ނުދެއްވާކަމުން އެކަމުގެ ނާމާންކަން އިތުރުވެފައިވިޔަސް އެއީ މަދުބަޔަކުގެ ސިޔާސީ ދަހިވެތިކަމާ ރޭވުމުން ހިންގާ ކަނކަންކަމުގައި މޫސާމަނިކު ވިދާޅުވިއެވެ.
މަދަނީ އިއްތިހާދުންކަމުގައި ބުނެ އެހަރަކާތުގެ ނަމުގައި ރައްޔިތުންގެ ބަޔަކު އެއްކޮށްގެން އާރޓިފިޝަލް ބީޗްގައި ވާހަކަދައްކަވާ ސިޔާސީ ފަރާތްތަކުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ގަދަބާރުން ވަންނަވާނެކަމުގެ އިންޒާރުތައްދެއްވައި މަޖިލީހުގެ މެމްބަރުންނާ މެދު އެކިކަހަލަ ޢަމަލުތައްހިނަގަވާނެ ކަމުގެ އަޑުއުފުއްލަވާފައެވެ.
މިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑިޕީ އޮވެގެން މަޖިލީހަށް ބަޔަކު ނުރައްކާތަކެއް ކުރިމަތިކުރުވިޔަނުދިމަސް ގިންމެމްބަރުންތަކެއް ނުކުމެ އެއްވެސްކަހަލަ ނޭދެވޭ ކުރިމަތިލުމެއް ހިނގިޔަ ނުދެއްވުމަސް އިސްނަންގަވާނެ ގައުމީ ފުހުންނާއި ސިފައިން އެބަތިއްބެވިކަމަށައި، ބަޣާވާތުގެ ބައިވެރިވުން އޮތީ އެފަދަ ބޮޑުވެގެންވާ ޖަރީމައެއް ރާއްވަވައިގެން ހިންގެވޭ ވަރަސްވުރެ މަދުބަޔަކުކަން ފާހަގަވާކަމުގައި އެމްދިޕީގެ ޗެއަރޕާސަން މޫސާމަނިކު ވިދާޅުވިއެވެ.