ތޮއްޑޫ ދާއިރާގައި “ދޭތިން ފަހެތި” ކެމްޕެއިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މިއަދު އިފްތިތާޚްކޮށް ދެއްވާނެ

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ކުރިއަށް ގެންދާ “ދޭތިން ފަހެތި” ރިޔާސީ ކެންޕެއިން، ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ތޮއްޑޫ ދާއިރާގައި މިއަދު އިފްތިތާޚްކޮށްދެއްވާނެ އެވެ.
ތޮއްޑޫ ދާއިރާއަށް މިއަދު ހެނދުނު ދަތުރުގައި ރައީސް ނަޝީދު ފުރަތަމަ ވަޑައިގަންނަވާނީ، އއ. އުކުޅަހަށެވެ. އަދި މެންދުރު 13:30 ހާއިރު އއ. ތޮއްޑޫ ވަޑައިގެންނެވުމަށް ފަހު ހަވީރު 17:30 ގައި ވަޑައިގަންނަވާނީ އެ ދާއިރާގެ ރަސްދޫއަށެވެ. މި ހުރިހާ ރަށެއްގައި ވެސް “ދޭތިން ފަހެތި” ޑޯޓުޑޯ ކެމްޕެއިން ރައީސް ނަޝީދު ފައްޓަވައިދެއްވާނެއެވެ. އަދި ކޮންމެ ރަށެއްގައި ވެސް ރައްޔިތުންނާއި ބައްދަލުކުރުމާއި މަޢުލޫމާތުގެ ސެޝަނެއް ބޭއްވުމަށް ވެސް ވަނީ ހަމަ ޖެހިފައެވެ.
“ދޭތިން ފަހެތި” ތޮއްޑޫ ދާއިރާގެ ޚާއްސަ ޖަލްސާ އޮންނާނީ މިރޭ 21:30ގައި ރަސްދޫގައެވެ.