ނޫސްބަޔާން: “އިންސާފްގެ ދަތުރު މެކުހަށް” ޖެހުމަށް ގޮވާލާ އެމްޑީޕީ ނެރޭ ނޫސް ބަޔާން.

noosbayan

ނަންބަރު:MDP-2013-PR-27
ތާރީޚް: 18 މާރޗް 2013 (ހޯމަ)

“އިންސާފްގެ ދަތުރު މެކުހަށް” ޖެހުމަށް ގޮވާލާ އެމްޑީޕީ ނެރޭ ނޫސް ބަޔާން.

ދިވެހިރައްޔިތުން ޑެމޮކްރެޓިކް ޕާޓީ އެމްޑީ ޤައުމީ މަޖިލީހުން ރޭގައި (17 މާރޗް 2013ގައި) ނިންމި ނިންމުމާއި ގުޅިގެން، ކުރިއަށް އޮތް ދުވަސްތަކުގައި “އިންސާފްގެ ދަތުރު”ގެ ނަމުގައި މިޕާޓީން ހިންގާ ކެމްޕެއިން އިތުރަށް ވަރުގަދަކޮށް “އިންސާފްގެ ދަތުރު މެކުހަށް” މި ނަމުގައި، މިއަދުން ފެށިގެން ކެމްޕެއިން ކުރިއަށް ދާނެއެވެ.

މިގޮތުން ކޮންމެ ދުވަހަކު މެންދުރު 2ން ފެށިގެން ސުޕްރީމް ކޯޓުގެ ކުރިމަތީގައި “ސީދާ ހަރަކާތް” ކުރިއަށް ދާނެއެވެ. އަދި “އިންސާފްގެ ދަތުރު މެކުހަށް” މި ކެމްޕެއިންގައި ވީހާ ވެސް ގިނަ މެމްބަރުންނާއި މި ޕާޓީއަށް ތާޢީދުކުރައްވާ ފަރާތްތަކުން ބައިވެރިވެ ވަޑައިގަތުމަށް އެދި ޕާޓީން ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް