އިއުލާނު: އެމްޑީޕީ ޕާލިމަންޓް ގްރޫޕްގެ އިންތިހާބު

iulaan

MDP/2013/I-017
އެމްޑީޕީ ޕާލިމަންޓް ގްރޫޕްގެ އިންތިހާބު

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ 2013 ވަނަ އަހަރުގެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 19 މާޗް 2013 ވާ އަންގާރަ ދުވަހުގެ 1430 ން 1500 އަށް އެމްޑީޕީ އޮފީހުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް (ކެންޑިޑޭޓް ނަންބަރު ތަރުތީބުން) ތިރީގައި އެވަނީ އެވެ. މި އިންތިޚާބް ގައި ވޯޓް ލެވޭނީ ހަމައެކަނި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަަރުންނަށެވެ.

1. ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ ( ބޭނުންވާ އަދަދު 1 )
1. އިބްރާހިމް މުހައްމަދު ޞާލިހު ، ހިންނަވަރު ދާއިރާގެ މެމްބަރ.

2. ޕާލިމެންޓްރީ ގުރޫޕްގެ ނާއިބު ލީޑަރ ( ބޭނުންވާ އަދަދު 2 )
1. ޢަލީ ވަހީދު ، ތޮއްޑޫ ދާއިރާގެ މެމްބަރ.
2. އަބުދުއްﷲ ޖާބިރު ، ކާށިދޫ ދާއިރާގެ މެމްބަރ.
3. މުހައްމަދު ނަޝީދު ، ނޮޅިވަރަމް ދާއިރާގެ މެމްބަރ.
4. އަހުމަދު ސަމީރު ، ދިއްދޫ ދާއިރާގެ މެމްބަރ.

3. އަމީން އާއްމު ( ބޭނުންވާ އަދަދު 1 )
1. ޙާމިދު ޢަބުދުލް ޣަފޫރު ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ.

4. އަމީން އާއްމުގެ ނާއިބު ( ބޭނުންވާ އަދަދު 1 )
1. މުހައްމަދު ޤަސަމް، ގދ ތިނަދޫ ދާއިރާގެ މެމްބަރ.

5. ވިޕުން ( ބޭނުންވާ އަދަދު 3 )
1. އީވާ ޢަބްދުﷲ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރ.
2. މުހައްމަދު ޝިފާޒު، ބާރަށު ދާއިރާގެ މެމްބަރ.
3. އިލްޔާސް ލަބީބު، ހުޅުމީދޫ ދާއިރާގެ މެމްބަރ.

ވިމާ މިވާހަކަ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 މާރޗް 2013