މާފަންނު ދެކުނު ދާއިރާގެ ޑޯޓުޑޯ ރައީސް ނަޝީދު ފައްޓަވައިދެއްވައިފި

t10vh

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކުރިއަށް ގެންދާ “ވަޢުދާއި ހިނގުން” ކެމްޕެއިންގައި މާފަންނު ހުޅަނގު ދާއިރާގެ ޑޯޓުޑޯ، ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ފައްޓަވައިދެއްވައިފިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ ޑޯޓުޑޯ ރައީސް ނަޝީދު ފައްޓަވައިދެއްވީ މިއަދު ހެނދުނު “ޖަޒްބާރު ޖަގަހަ”ގައި ބޭއްވި ކުޑަ ރަސްމިއްޔާތަކަށް ފަހުއެވެ.

އެމްޑީޕީން ކުރިއަށް ގެންދާ “ވަޢުދާއި ހިނގުން” ޑޯޓުޑޯ ކެމްޕެއިނަކީ، ރައްޔިތުންގެ ޚާލު އަހުވާލާއި، ރައްޔިތުންގެ ބޭނުންތައް ރައްޔިތުންގެ ފަރާތުން އަޑުއެހުމަށް އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. ޑޯޓުޑޯ ކެމްޕެއިންތަކުގައި އެއްކުރާ މަޢުލޫމާތުތަކަކީ، 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާ މެނިފެސްޓޯގައި ހިމެނުމަށް އެއްކުރެވޭ މަޢުލޫމާތުތަކެކެވެ.