އިއުލާނު: އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ފޯކަލް ޕޮއިންޓް އިންތިހާބު

iulaan

MDP/2013/I-016

.ޒުވާނުންގެ ހިތްވަރުގެ ފޯކަލްޕޮއިންޓް އިންތިހާބުކުރުމާއި ބެހޭ

މި ޕާޓީގެ ޒުވާނުންގެ ހިތްވަރަށް ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކުން ފޯކަލްޕޮއިންޓެއް އިންތިހާބު ކުރުމަށް ކަނޑައެޅިފައިވާތީ އެކަމަށް ބާއްވާ އިންތިހާބު މިމަހުގެ 29ވާ ހުކުރު ދުވަހު ބާއްވާގޮތައް ނިންމައިފީމެވެ.

މި އިންތިހާބުގައި ސިޓީތަކުން ފޯކަލް ޕޮއިންޓް ކަނޑައަޅާނީ ސިޓީގައި ހިމެނޭ ކޮންމެ ދާއިރާ އަކުން ފޯކަލް ޕޮއިންޓެކެވެ. އެހެން ކަމުން ސީޓީތަކުން އެ އުސޫލުގެ މަތިން އަމަލުކުރައްވާ ކުރީގެ އިއުލާންގައި ވާގޮތަށް، އެމް ޑީ ޕީގެ މެމްބަރުންގެ ތެރެއިން 35 އަހަރުންދަށުގެ މެމްބަރުން މިމަހުގެ 18 ވަނަދުވަހުގެ 15:00 ގެ ކުރިން އެމްޑީޕީގެ ގައުމީ އިދާރާއަށް ލިޔުމަކުން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ތާރީޚް:13 މާޗް 2013