ޑރ. ޖަމީލްގެ މައްޗަށް ކުރާ ދަޢުވާގެ އަޑުއެހުން މިއަދު

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަމުން އަންނަ ދަޢުވާއަށް ބަޣާވާތުގެ ސަރުކާރުގެ ހޯމް މިނިސްޓަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ނުފޫޒު ފޯރުވަން މަސައްކަތް ކުރާތީ، އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ އަޑު އެހުމެއް މިއަދު އޮންނާނެއެވެ.

އެމްޑީޕީން ސިވިލް ކޯޓުގައި ކޮށްފައިވާ މި ދަޢުވާގެ އަޑު އެހުން ޝެޑިއުލްކޮށްފައިވަނީ، މިއަދު މެންދުރު ފަހު 14:30 ގައެވެ.

މި ޝަރީޢަތް އަޑު އެހުމަށް އެމްޑީޕީއަށާއި ރައީސް ނަޝީދަށް ތާޢީދު ކުރައްވާ ވީހާވެސް ގިނަ ބަޔަކު ސިވިލް ކޯޓަށް ދިއުމަށް އެމްޑީޕީން ގޮވާލައެވެ.