މާފަންނު ހުޅަނގު ދާއިރާގެ “ވަޢުދާއި ހިނގުން” ރައީސް ނަޝީދު ފައްޓަވައިދެއްވައިފި

BFDQIOECIAAQUn_

ވަޢުދާއި ހިނގާލުން މާފަންނު ހުޅަނގު ދާއިރާގެ ޑޯޓުޑޯ ކެމްޕެއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު މިއަދު ހެނދުނު ފައްޓަވައި ދެއްވައިފިއެވެ. މިއަދު ހެނދުނު 9:00 ޖެހިއިރު މި ހަރަކާތް ފެއްޓުނީ މ. ކުޑަވެޔޮމަތީ ގެއިންނެވެ.

ރައްޔިތުންގެ އިޚްސާސްތައް ދެނެގަތުމަށާއި، ރައްޔިތުންގެ އަޑު ކައިރިން އެހުމަށް އެމްޑީޕީން ކުރަމުންދާ މަސަކައްތުގައި، މިއަދާއި މާދަމާ ޑޯޓުޑޯ ކެމްޕެއިން ކުރިއަށް ދާއިރު، މި ދާއިރާގެ ކަންމަތީ ބައްދަލުވުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:00ގައި މ. ލައިލަކް ކަންމަތި (އެލްސިއޯން ބޭކަރީ ކައިރި) ގައެވެ.

2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މި ކެމްޕެއިން މަސައްކަތުގައި މީގެ ކުރިން ވަނީ މާލެއިން މައްޗަށް ގޯޅި އުތުރަށާއި، ވިލިމާފަންނު ދާއިރާގެ ހުރިހާ ގެއަޔަކަށް ވެސް ދޮރުން ދޮރަށް ހިނގާފައެވެ.