އިއުލާނު: އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު

iulaan

MDP/2013/I-015

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު

މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 29 މާޗް 2013 ވާ ހުކުރު ދުވަހު ބޭއްވުމަށް މިޕާޓީގެ އިންތިހާބާއިބެހޭ ކޮމިޓީން ވަނީނިންމައިފައެވެ.

ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 18 މާޗް ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

1. ކެލާ ދާއިރާގެ ނައިބު ރައީސް
2. ހއ ދިއްދޫ ދާއިރާގެ ނައިބު ރައީސް
3. ކުޅުދުއްފުށީ ދެކުނު ދާއިރާގެ ސެކްރެޓަރީ
4. ދުވާފަރު ދާއިރާގެ ސެކްރެޓަރީގެ ނައިބު
5. ދިއްގަރު ދާއިރާގެ ނައިބު ރައީސް
6. ގެމަނަފުށި ދާއިރާގެ ސެކްރެޓަރީ
7. ދާންދޫ ދާއިރާގެ ސެކްރެޓަރީގެ ނައިބު
8. ފުވައްމުލަކު މެދު ދާއިރާގެ ސެކްރެޓަރީ
9. ފުވައްމުލަކު ދެކުނު ދާއިރާގެ ސެކްރެޓަރީ
10. ފުވައްމުލަކު ދެކުނު ދާއިރާގެ ސެކްރެޓަރީގެ ނައިބު
11. އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާގެ ސެކްރެޓަރީ
12. އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާގެ ސެކްރެޓަރީގެ ނާއިބު

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ތާރީޚް: 10 މާޗް 2013