ޔަންގް ލީޑަރޒް ސަމިޓުގައި ބައިވެރިވުމަށް ޝައުނާ ލަންޑަނަށް

anhenunge dhuvahuge jalsa 080313 (16)

އިނގެރޭސިވިލާތުގެ ލަންޑަންގައި ބާއްވާ އިންޓަރނޭޝަނަލް ޑިމޮކްރަޓް ޔޫނިޔަންގެ ޔަންގް ލީޑަރޒް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޒުވާނުންގެ ހިތްވަރުގެ ރައީސާ އައިމިނަތު ޝައުނާ މިއަދު ލަންޑަނަށް ފުރާވަޑައިގަންނަވާނެއެވެ.

މާރޗް މަހުގެ 10 ން 13ގެ ނިޔަލަށް ބާއްވާ މި ސަމިޓަކީ، ދުނިޔޭގެ ސިޔާސީ ޕާޓީތަކުގެ ޒުވާން ލީޑަރުންގެ މަޝްވަރާތަކާއި އަދި ސިޔާސީ ފިކުރު އެއްގޮތްވާ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ. މި ސަމިޓްގައި އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ރައީސާ އައިމިނަތު ޝައުނާ، ރާއްޖޭގެ އިންސާނީ ހައްޤުތަކާއި، ތަރައްޤީއާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް ވަނީ ހަމަޖިފައެވެ. ޝައުނާ ވާހަކަފުޅު ދައްކަވާގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އޮންނަ ސެޝަންގައެވެ.

މި ސަމިޓް މިމަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ފެށޭއިރު، އެދުވަހު މި ސަމިޓްގައި ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ ބައެއް ބޭފުޅުންނަކީ، ވެސްޓްމިނިސްޓަރ ކައުންސިލްގެ ޑިރެކްޓަރ އެލެކްސް އައިކެން، ޕާލިއަމްންޓްރީ ޕްރައިވެޓް ސެކްރެޓަރީ ޓޮބިއަސް އެލްވުޑް، ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ކޮމިއުނިޓީ އެންޑް ލޯކަލް ގަވަރންމަންޓް އެރިކް ޕިކްލެސް އެވެ.

12 ވަނަ ދުވަހު ޝައުނާގެ އިތުރުން ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ ބައެއް ބޭފުޅުންނަކީ، ޕާލިމަންޓް މެމްބަރ ސާޖިދް ޖާވިދް، އޮސްޓްރިއާގެ ފަރާތުން މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ އިވާ މާރިއާ އަދި ބްރެޒިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ފްރެއިމް މޯރަސްއެވެ.

މި ސަމިޓްގައި ކޮންޒަވޭޓިވް ޕާޓީގެ އިސްފަރާތްތަކުންނާއި، ސަރުކާރުގެ އިސްފަރާތްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ޕާލިއަމަންޓް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިފަދަ ބައްދަލުވުންތަކަށް އެމްޑީޕީގެ ޒުވާނުންނަށް ފުރުސަތު ފޯރުކޮށް ދެމުންގެންދާތީ އެމްޑީޕީން ވަނީ ކޮންޒަވޭޓިވް ޕާޓީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮންޒަވޭޓިވްއިން އިސްނަންގަވައިގެން އެމްޑީޕީގެ ޒުވާނުންނަށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަވާތީ އެކަމަށްޓަކައި ވެސް އެމްޑީޕީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.