އެމްޑީޕީގެ އެތެރޭގެ އިންތިޙާބުތަކުގެ ވަގުތީ ނަތީޖާ

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ )އެމްޑީޕީ( ގެ ބައި އިލެކްޝަންގަ އިއްޔެ )8 މާރޗް 2013( 4 ދާއިރާއެއްގަ ވޯޓްލުން ކުރިޔަށް ދިޔައެވެ. އިއްޔެ ކުރިޔަށް ދިޔަ ޕާޓީގެ އެތެރޭގެ މި ބައި އިލެކްޝަންގައި 4 ދާއިރާއިން 7 ބޭފުޅުން ވަނީ މަޤާމުތަކަށް ހޮވިވަޑައިގެންފައެވެ.

އަދި މިއިންތިޙާބުތަކުގެ ވަގުތީ ނަތީޖާ ތިރީގައި މިވަނީއެވެ.

ހޯރަފުށީ ދާއިރާގެ ރައީސް ކަމަށް، ޢަލީ ރިޔާޟް ، މުރިނގު ހއ. ހޯރަފުށި ފެންނަކަމަށް 184. ނުފެންނަ 0، ބާތިލް 3

ކުޅުދުށްފުށި ދެކުނު ދާއިރާގެ ރައީސްކަމަށް ހަސަން ޝުޖާއު މ. ޗާންދަނީމާގެ، މާލެ. ފެންނަކަމަށް 251. ނުފެންނަ 5 ބާތިލް 1

ދިއްގަރު ދާއިރާގެ ރައީސްކަމަށް. ޠާހާ މުހައްމަދު، މ،ހުވަނދުގަދަކޯޅިގެ، މާލެ. ފެންނަކަމަށް 104

ދިއްގަރު ދާއިރާގެ ސެކްރެޓަރީ ޒިރާރު އަޙުމަދު، އެއްގަމުގެ މ. ދިއްގަރު. ފެންނަކަމަށް 103

ދިއްގަރު ދާއިރާގެ މައުލޫމާތާއި އިސްތިހާރާއި އާއްމު އެންގުންތަކާއި ބެހޭ ސެކްރެޓަރީކަމަށް އަޙްމަދު ނިޝާން. ފެސްކޯ. މ.ދިއްގަރު. ފެންނަކަމަށް 100

ދިއްގަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބްކަމަށް މުޙައްމަދު ޝަފީގު، މިރުސްމާގެ، މ. ވޭވަށް ފެންނަކަމަށް 102

މާފަންނު ދެކުނު ދާއިރާގެ މައުލޫމާތާއި އިސްތިހާރާއި އާއްމު އެންގުންތަކާއި ބެހޭ ސެކްރެޓަރީކަމަށް މުޙައްމަދު ރިޝާން އިލްޔާސް

މ. ނަކާ، މާލެ. ފެންނަކަމަށް 72

ޕާޓީގެ ސެކްރެޓޭރިއޭޓުން މަޢުލޫމާތުދެއްވިގޮތުގައި މި އިންތިޚާބްގެ ރަސްމީ ނަތީޖާ އަންނަ ހަފްތާތެރޭގައި އިޢުލާންކުރެވޭނެއެވެ.