ނޫސްބަޔާން: އެމްޑީޕީ ވެލިދޫ ދާއިރާގެ އިދާރާއިން ނެރޭ ނޫސްބަޔާން

noosbayan

އެމް،ޑީ،ޕީ ވެލިދޫ ދާއިރާ
ނަމްބަރު: MDP/D03/001
ތާރީހް: 2013-03-06

އެމްޑީޕީ ގެ އިންތިހާބީ ރައީސުލް ޖުމުހޫހުރިއްޔާ ގާނޫނާ ހިލާފަަށް ހައްޔަރުކޮށް، އާންމުންގެ ގިނަ ބަޔަކައް އިންސާނިއްޔަތާ ޙިލާފު އަނިޔާ ކޮށް ހައްޔަރު ކުރަމުންދާތީ، އެކަން ކުއްވެރިކޮށް ނެރޭ ނޫސްބަޔާން

ގާނޫނީ ހަމަތަކުން އުފެދިފައިއޮތް ސަރުކާރު ބަޣާވާތަކުން ވައްޓާލާ، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވޯޓަކުން ހޮވިފައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ސިޔާސީ މަގުސަދު ތަކަކަށް ޓަކައި ހައްޔަރުކޮށް އަދި އާންމުންގެ ތެރެއިން 18 އަހަރު ނުފުރޭ ކުޑަކުދީންނާ މުސްކުޅިންނާ އެތައް އެތައް ބަޔަކަށް މިބަޣާވާތުގެ ސަރުކާރުގެ ފުލުހުންނާ ސިފައިން ކުރަމުން ގެންދާ އިންސާނިއްޔަތާ ޙިލާފު ޖަރީމާތައް އެމްޑީޕީ ވެލިދޫ ދާއިރާއިން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިކަމާބެހޭ އެންމެހާ މިނިވަން މުއައްސަސާތަކުން މިކަންކަން ތަހުގީގުކޮށް، މިފަދަ ކަންކަން ހުއްޓުވުމަށްވެސް ހަރުއަޑުން ގޮވާލަމުވެ. އަދި އެހެންމެ ގާނޫނާ ޙިލާފަށް ހައްޔަރު ކޮށްފައި ހުންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ލިބިދާނެ ގެއްލުމަކާމެދު ނުހަނު ކަންބޮޑު ވަމެވެ. އަދި ސިޔާސީގޮތުން ބަންދުކޮށްފައިވާ އެންމެން މިހިނދުން މިހިނދަށް ދޫކޮށްލުމަށްވެސް ގޮވާލަމެވެ.

ގައުމު ނުރައްކަލުގެ ތެރެއަށް ބަޣާވާތުގެ ސަރުކާރު ގެންދިއުމަކީ މިދާއިރާގެ ރައްޔިތުން ބަލައިގަންނާނެ ކަމެއްނޫން ކަމުގައިވެސް ދަންނަވަމެވެ.


ބަޔާން ނެރުނީ: އަބުދުއްﷲ މުހައްމަދު، ވެލިދޫ ދާއިރާގެ ރައީސް