އެމްޑީޕީގެ ޢާއްމު ޖަލްސާއެއް މިރޭ ހުޅުމާލޭގައި

mdpusfasgandujalsaa2422013 (16)

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ 9:00ގައި ހުޅުމާލޭ އޮންނާނެއެވެ.

ހުޅުމާލޭ ބޮޑު ސްކްރީން ކަންމަތީގައި (އެމްޑީޕީ ހަރުގެ ކެފޭ ކަންމަތި) އޮންނަ މި ޖަލްސާގައި ޕާޓީގެ ލީޑަރ ޝިޕްގެ ބޭފުޅުންނާއި ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ވީހާ ވެސް ގިނަ ސަޕޯޓަރުންނާއި ހެޔޮ އެދިވަޑައިގަންނަވާ ވީހާ ގިނަ ފަރާތްތަކަކުން މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެދެއްވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.